Last Updated: April 25, 06:02
Thursday, April 25, 2024
ޚަބަރު

މަޖްލިސްގެ އެސްއޯއީ ކޮމެޓީ އާއި އެކު ނަޝީދު އައްޑޫއަށް!

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގެ 16ވަނަ ބައްދަލުވުން

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑު އެންޓަޕަރައިސަސް (އެސްއޯއީ) ކޮމެޓީގެ މެމްބަރުންނާއި އެކު މަޖްލިސްގެ ރައީސް މުހައްމަދު ނަޝީދު މިއަދު އައްޑޫއަށް ވަޑައިގަންނަވާނެއެވެ.

ނަޝީދު އާއި އެކު އެސްއޯއީ ކޮމެޓީގެ މުގައްރިރު ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު އާއި ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދުގެ އިތުރުން ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު އަދި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު އަނދުން ހުސެއިން އައްޑޫއަށް ވަޑައިގަންނަވާކަމަށް މައުލޫމާތު ލިބެއެވެ.

އެސްއޯއީ ކޮމެޓީގެ މެމްބަރުން އައްޑޫއަށް ވަޑައިގަންނަވާއިރު ގަން އިންޓަނޭޝަނަލް އެއާޕޯޓު ވީރާނާ ވަމުންދާ މައްސަލާގައި ގަން އެއާޕޯޓު ބައްލަވާލެއްވުމަށް އެސްއޯއީ ކޮމެޓީ ވަޑައިގަތުމަށް ގަން އެއާޕޯޓު ކޮމްޕެނީއިން ވަނީ ދައުވަތުދީފައެވެ.

މަޖްލިސްގެ އެސްއޯއީ ކޮމެޓީއަށް އައްޑޫ އެއާޕޯޓު ކޮމްޕެނީގެ ބޯޑު މެމްބަރުން ހާޒިރު ކުރުމުން ބޯޑު މެމްބަރުން ވަނީ ގަމުގެ ހާލަތު ކޮމެޓީ މެމްބަރުންނާއި ހިއްސާ ކުރައްވާފައެވެ.