Last Updated: June 6, 17:42
Saturday, June 6, 2026
ސިޔާސީ

ބޭރުގެ އެހީ ދަނީ އޮހެމުން، އެކަމަކު މުސާރައެއް ނުދެވޭ: ޔާމީން

މިސަރުކާރު ވެރިކަމަށް އައުމަށް ފަހު ރާއްޖެއަށް ލިބޭ ބޭރުގެ އެހީ އިންތިހާއަށް އިތުރުވެ، އެހީތައް "އޮހެމުން" އައި ނަމަވެސް ސަރުކާރަށް ރައްޔިތު މީހާގެ މުސާރަވެސް ނުދެވޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

މާލޭގައި މިރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި "ކޮބާ ނުވިއެއްނު؟" ޖަލްސާގައި ވާހަކަ ދައްކަމުން ޔާމީން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ބޭރުގެ ދަތުރުތަކަށް އެކަނިވެސް އެތައް ބައިވަރު ފައިސާއެއް ހޭދަކުރަމުން އަންނަ ކަމަށް ޔާމީން ވިދާޅުވެފައިވެއެވެ.

ސިޔާސީ މަގާމުތައް މަދުކުރެވިފައިވާ ކަމަށް ވިދާޅުވި ނަމަވެސް ރައީސްގެ ގާތް ތިމާގެ ގިނަ ބޭފުޅުންނަށް ސިޔާސީ މަގާމުތައް ދެވިފައިވާ ކަމަށް ޔާމީން ވިދާޅުވެފައިވެއެވެ.

އިގްތިސޯދު މާބޮޑު ތަންވެސް ދަށްވެފައިވާ ކަމަށް ޔާމީން ވިދާޅުވެފައިވާއިރު އެމަނިކުފާނުގެ ވެރިކަމުގައި ބޮޑެތި އިންވެސްޓުމެންޓުތައް ގެނެސްފައިވާ ކަމަށާއި މިސަރުކާރަށް އެކަން ނުވެސް ކުރެވޭނެ ކަމަށް ވިދާޅުވެފައިވެއެވެ.