Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

ޓޫރިޒަމްގެ ނައިބަަކަށް އަނިލް

މިނިސްޓަ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަގެ ނައިބުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ބޭފުޅަކު ޢައްޔަން ކުރައްވައިފި އެވެ. މި މަޤާމަށް ޢައްޔަން ކުރެއްވީ، ހެންވޭރު ރިއަލްނައިޓް އަނިލް އާދަމެވެ.

އެނގިފައިވާ ގޮތުގައި އޭނާއަކީ ގައުމީ ޕާޓީ އަށް ނިސްބަތްވާ މީހެކެވެ. އަދި އަނިލް މަގާމަަށް އައްޔަން ކުރަން ހުށަހެޅީ ގައުމީ ޕާޓީންނެވެ.

އަނިލް ޓޫރިޒަމްގެ ނައިބަކަށް ހަމަޖައްސާފައި މި ވަނީ ކުރިން އެ މަގާމުގައި ހުންނެވި ގައުމީ ޕާޓީ އަށް ނިސްބަތްވާ މުހައްމަދު މަލީހް ޖަމާލް މިދިޔަ ހަފުތާގެ ތެރޭގައި މަގާމުން ވަކި ކުރެއްވުމަށް ފަހު އެވެ.

އޭނާ މަގާމުން ވަކި ކުރެއްވީ ރިޔާސީ އިމްތިހާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް ތާއިދު ކުރައްވަން ނިންމެވުމުންނެވެ. އެހެންވެ މަލީހު ނިންމާފައި ވަނީ ޕީޕީއެމާ ގުޅިވަޑައިގަތުމަށެވެ.