Last Updated: March 29, 02:52
Thursday, March 28, 2024
ޚަބަރު

އައްޑޫގެ ތަރައްޤީގެ މަޝްރޫއުތައް އަންނަ މާޗު މަހު ފެށޭވަރުވާނެ: ފައްޔާޒު

އައްޑޫގެ ތަރައްޤީއަށް މި ސަރުކާރުން ވެފައިވާ ވައުދުތަކުގެ އަމަލީ މަސައްކަތް އަންނަ މާޗު މަހުގެ ތެރޭގައި ފެށޭވަރުވާނެކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

އައްޑޫގެ ވިޔަފާރުވެރިންނާއި އެކު ރޭ ކައުންސިލް އިދާރާގެ ހޯލުގައި ބޭއްވި ބައްދަލުވުމުގައި ފައްޔާޒު ވިދާޅުވީ މި ސަރުކާރުން އައްްޑޫއަށް ވީ ވައުދުތައް ފުއްދުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އައްޑޫ ތަރައްޤީ ކުރުމަށް އިންޑިއާގެ އެގްޒިމް ބޭންކުން ނަގާ ލޯނު މަސައްކަތް ބާރަށް ދާކަމަށެވެ.

"އަޅުގަނޑު އޮންނާނެ މަޖްލިސް އިންތިހާބާއި ދިމާކޮށް އައްޑޫއަށް 300 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓު ހިންގާނެކަމަށް، އެ 300 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓު އޮތީ ހަމަޖެހިފައި، ސާފުކޮށް މި ދަންނަވަނީ މިކަން އަޅުގަނޑަށް ނުވެއްޖިއްޔާ އަޅުގަނޑު އަޅުގަނޑު މަރުވަންދެންވެސް ނުފެންނާނެ އެޔަގީންކަން ދެން"

ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ އައްޑޫގެ ތަރައްޤީގެ ކަންކަން ކުރިއަށް ގެންދަނީ އައްޑޫގެ ސިޔާސީ އިސް ފަރާތްތަކުގެ ޕްރިއޮރިޓީ ލިސްޓަށް ބަލައިގެންނެވެ. އެގޮތުން އެންމެ ފުރަތަމަ ފެށިގެންދާނީ އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލު ކުރުމެވެ.

އައްޑޫގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް 25 މެގަ ވޯޓު ކަރަންޓު ދިނުމަށް އައްޑޫގެ މިހާރު އޮތް ގްރިޑު ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދެ މަސްތެރޭ ފެށިގެންދާނެކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ އެލިސްޓުން ދެން ކުރިއަށްދާނީ މަގު ހެދުން ކަމަށާއި މަގު ހެދުމާއި އެކު އައްޑޫގެ ބިން ހިއްކަން ހަމަޖެހިފައިވާ ތަންތަން ހިއްކުމުގެ މަސައްކަތް ފެށިގެންދާނެކަމަށެވެ.

އައްޑޫ ތަރައްޤީ ކުރުމަށް ނަގާ ލޯނާއި ގުޅޭ ގޮތުން ފައްޔާޒު ވިދާޅުވީ ވަރަށް އަވަހަށް މަސައްކަތުގެ ކޮންސަލްޓެންޓަކު ނެގުމަށް އެގްޒިމް ބޭންކުން އިއްލާން ކުރާނެކަމަށެވެ. އަދި ކޮންސަލްޓެންޓަކު ލިބުމާއި އެކު މަސައްކަތުގެ އަމަލީ މަސައްކަތް ފެށިގެންދާނެކަމަށެވެ.

ފައްޔާޒު ވިދާޅުވީ މަގު ހަދައި ބިން ހިއްކުމުން ފަތުރުވެރިކަމަށް ހާއްސަކޮށްގެން 80 މިލިއަން ރުފިޔާގެ ލޯނު އެސްއެމްއީ ބޭންކު މެދުވެރިކޮށް ހަމަޖައްސާދޭނެކަމަށެެވެ.

އައްޑޫގެ ތަރައްޤީގެ މަޝްރޫއު ތަކާއި ގުލޭ ގޮތުން ފައްޔާޒު ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުން ހުރިކަން އެނގޭ ކަމަށާއި ނަމަވެސް ސަރުކާރުން މަސައްކަތް ކުރަމުންދާ ސްޕީޑާއި މެދު ހިތްހަމަޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން ވައުދުވެފައިވާނީ އަޅުގަނޑުމެންގެ ވެރިކަމުގެ ފަސް އަހަރު ތަރޭގައި މިކަންކަން ކުރަން 5 މަަހުން ކަންކަން ކުރާގޮތަކަށް ނޫން ކަންކަން ރޭވިގެން މިދަނީ"

ފައްޔާޒު ވިދާޅުވިއެވެ.

ރޭގެ ބައްދަލުވުމުގައި ވިޔަފާރިވެރިންވަނީ އިކޮނޮމިކް މިނިސްޓްރީ އާއި ގުޅުން ހުރި ކަންބޮޑުވުންތައް މިނިސްޓަރާއި ހިއްސާކޮށްފައެވެ.