Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

މަރަދޫ "އީދި ސަމާ" ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 5 ވަނަ ދުވަހާއި ހަމައަށް!

މިއަހަރުގެ އަޟުހާ އީދު ކުރުމަށް މަރަދޫ ރައްޔިތުން އިންތިޒާމް ކުރަ "އީދި ސަމާ"ގެ ކުޅިވަރުތަކުގައި ބައިވެރިވުމުގެ އެންމެ ފަހުގެ ތާރީހަކީ މިމަހުގެ 5 ވަނަ ދުވަސް ކަމަށް ކަނޑައަޅައިފިއެވެ.

މަރަދޫ "އީދި ސަމާ" ކުޅިވަރު އިންތިޒާމްކުރާ ޓީމުން ބުނީ މިމަހުގެ 5 ވަނަ ދުވަހުގެ ހަވީރު 4 ޖެހުމާއި ހަމައަށް އީދި ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މިފަހަރުގެ އީދު ކުޅިވަރުގެ ތެރޭގައި "ކުއްލިޔާ" މުބާރާތެއް ގޮތުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. މި މުބާރާތަށް ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ.

އޮގަސްޓު 11 ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހަށް ކުރިއަށް ގެންދާ "އީދި ސަމާ" ކުޅިވަރު ހަރަކާތުގައި އީދު ސައި، އީދު ނަމާދު ބޮޑު ޖަމާއަތުގައި އަދި ވާދެމުމާއި، ކުއްލިޔާ މުބާރާތުގެ އިތުރުން މަސް ރޭސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ހަރާކަތަކީ މަރަދޫގެ ކުދި ބޮޑު އެންމެހާ ރައްޔިތުންގެ އެހީތެރިކަމާއި އެކު ކުރިއަށްގެންދާ ފޯރިގަދަ ހަރަކާތްތަކެވެ.

މަރަދޫ "އީދި ސަމާ"ގެ އޮންލައިން މީޑިއާ ޕާޓްނާގެ ހައިސިއްޔަތުން މި ހަރަކާތުގެ އެންމެ ފަހުގެ ހަބަރާއި މައުލޫމާތު "އައްޑޫލައިވް"އިން ކިއުންތެރިންނާއި ހަމައަށް ގެނެސްދެމުންދާނެއެވެ.