Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ސާވިސް ޗާޖު ދިވެހިންނަށް މަދުން، ބޭރު މީހުންނަށް ބޮޑުކޮށް، ސަރުކާރު ހިމޭނުން!

ރާއްޖޭގެ ރިސޯޓުތަކުން ދިވެހިންނާއި ބޭރު މީހުން ތަފާތު ކުރާ ވާހަކައަކީ ދުވަސްވެ ހައްލެއް ނުލިބިވާ ވާހަކައެކެވެ.

އެއް ރޭންކެއްގައި އުޅޭ ދިވެހި މުވައްޒަފު މީހާ އާއި ބިދޭސީ މުވައްޒަފު މީހާގެ މުސާރަ އާއި އެލަވެންސް އަދި ސާވިސް ޗާޖު ތަފާތު ކުރުމަކީ އާއްމު އަދި ހުއްޓުމެއް ނެތި ހިނގަމުންދާ ކަންކަމެވެ. މިކަމަށް މި ސަރުކާރުން ހައްލު ހޯއްދަވާ ދެއްވާނެކަމަށް ވަނީ ވައުދުވެފައެވެ.

ސަރުކާރުން ސާވިސް ޗާޖުދޭ ގޮތް ބަލަމުން އަންނައިރު ދާދި ފަހުން ވަނީ ދިވެހިންނާއި ބިދޭސީންނަށް ސާވިސް ޗާޖުގެ ތަފާތު ކުރުން ދައްކައިދޭ މައްސަލައެއް ފެންމަތިވެފައެވެ.

ޝަންގްރިއްލާ ރިސޯޓުގެ ޑައިވިން ސްކޫލް ހިންގަމުން އަންނަ ސިލްވާ ސޭންޑުން އެތަނުގެ މުވައްޒަފުންނަށް ސާވިސް ޗާޖު ދިނުމުގައި ތަފާތު ކުރި މައްސަލައެެއް މިވަނީ ސޯޝަލް މީޑިއާއަށް ތިލަވެފައެވެ.

ސޯޝަލް މީޑިއާގައި އާއްމުވެފައިވާ މިއަހަރުގެ ޖޫން މަހުގެ ޕޭ ސްލިޕުގައި އެތަނުގައި މަސައްްކަތް ކުރާ ބިދޭސީ މުވައްޒަފަކަށް ސާވިސް ޗާޖުގެ ގޮތުގަ 380.92 ޑޮލަރު ދީފައިވާއިރު، ދިވެހި މުވައްޒަފަކަށް ހަމަ އެމަހު ދީފަ ވަނީ 111.10 ޑޮލަރެވެ.

ސާވިސް ޗާޖަކީ މުވައްޒަފުންގެ މެދުގައި ހަމަހަމަކޮށް ދިނުމަށް ފަތުރުވެރިކަމުގެ ވަޒީފާގެ ގާނޫނުން ލާޒިމު ކުރެއެވެ.

ސާވިސް ޗާޖާއި ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ރިސޯޓު މުވައްޒަފުންގެ އެންމެ ބޮޑު ޝަކުވާއަކީ ސާވިސް ޗާޖު ނުލިބުމުގެ ޝަކުވާ ކަމަށާއި، އެކަން ސަރުކާރުން ބަލަން ފަށާނެ ކަމަށެވެ. ނަމަވެސް އެކަމުގެ އެއްވެސް ތަފްސީލެއް އަދި ސަރުކާރުން ހާމަކޮށްފައި ނުވެއެވެ.