Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ކުއްލި ގޮތަކަށް ޒުވާން އަންހެން ކުއްޖަކު މަރުވެއްޖެ

މ.މުލި

މ. މުލީގައި މިއަދު ހަވީރު ކުއްލިގޮތަކަށް ޒުވާން އަންހެން ކުއްޖަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ މިއަދު ހަވީރު 16:43 ހާއިރު 29 އަހަރުގެ އަންހެން ކުއްޖަކު ކުއްލި ގޮތަކަށް މަރުވެފައިވާ ކަމަށް މ. މުލީ ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ތަހްގީގު ކުރަމުން އަންނަ އިރު އިތުރު އެއްވެސް ތަފްސީލެއް ހާމަކޮށްފައި ނުވެއެވެ.