Last Updated: July 28, 18:24
Tuesday, July 28, 2026
ޚަބަރު

ޑޮކްޓަރަށް ނުދައްކައި ބޭސް ސިޓީ ހޯދުމަކީ އުސޫލާ ހިލާފް ކަމެއް: އެޗްއާރްއެޗް

ޑޮކްޓަރަށް ނުދައްކައި ޑޮކްޓަރުންގެ ބޭސް ސިޓީ ހޯދުމަކީ ހަމަޖެހިފައިވާ އުސޫލާ ހިލާފު ކަމެއް ކަމަށާއި އެގޮތަށް އައްޑޫގެ ސިއްހީ މަރުކަޒުތަކުންނާއި ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް( އިން ބޭސް ސިޓީ އެއްވެސް ފަރާތަކަށް ދޫނުކުރާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

މިކަން އާންމުންގެ ސަމާލު ކަމަށް ގެނައުމަށް އެޗްއާރްއެޗުން ވަނީ ބަޔާނެއް ވެސް ނެރެފަ އެވެ.

"ސިއްހީ މަރުކަޒު ނުވަތަ ހޮސްޕިޓަލްގެ ޑޮކްޓްރުން ނޫން އެހެން ޑޮކްޓަރުން ދޫކުރައްވާފައިވާ ބޭސް ސިޓީތަކަށް ހޮސްޕިޓަލާއި ސިއްހީ މަރުކަޒުތަކުން ބޭސް ސިޓީ ލިޔެދޭ ގޮތަކަށް ހަމަޖެހިފައެއް ނުވެ އެވެ. ބޭސް ސިޓީއަކީ ޑޮކްޓަރު ބައްލަވާފައި ބަލި މީހާ އަށް ދޭން ޖެހޭ ބޭހެއް ކަމަށ ފެނިއްޖެ ހިނދެއްގައި ލިޔުއްވާ އެއްޗަކަށްވާތީ، އެހެން ޑޮކްޓަރެއްގެ ބޭސް ސިޓީއެއް ގެނެސްގެން ބަލި މީހާ ޑޮކްޓަރަށް ނުދައްކައި ބޭސް ސިޓީ ހޯދުމަކީ ހަމަޖެހިފައިވާ އުސޫލްތަކާ ހިލާފު ކަމެކެވެ." އެޗްއާރްއެޗްގެ ބަޔާނުގައިވެ އެވެ. "ވީމާ ބަލި މީހަކަށް ފަރުވާއެއް ބޭނުންވެއްޖެ ނަމަ އޯޕީޑީގައި ބަލި މީހުން ބެއްލެވުމަށް ހަމަޖެހިފައި އޮންނަ ގަވައިދާ އެއްގޮތަށް [ނަމްބަރު ނަގައިގެން މެމޯ ހެދުމަށް ފަހު ޑޮކްޓަރަށް ދައްކައިގެން] އަމަލު ކުރުމަށް ދަންނަވަމެވެ."