Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

އިންޑިއާގެ ކުރީގެ ފޮރިން މިނިސްޓަރު ސުޝްމާ ސުވަރާޖު އަވަހާރަވެއްޖެ

އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒްގެ ކުރީގެ މިނިސްޓަރު ސުޝްމާ ސުވަރާޖު އަވާރަވެއްޖެއެވެ. ޝުސްމަ އަވަހާރަވިއިރު އެކަމަނާގެ އުމުރަކީ 67 އެކެވެ.

ސުޝްމާ އަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ސަރުކާރުގެ އެންމެ ފުރަތަމަ ހާރިޖީ ވަޒީރެވެ. ނަމަވެސް މިފަހަރުގެ އިންތިހާބުގައި ސުޝްމާ ވާދައެއް ނުކުރައްވައެވެ. އެއީ އެކަމަނާގެ ސިއްހީ ހާލުކޮޅު ހުރި ގޮތުންނެވެ. އެއީ ކިޑްނީ ޓްރާންސްޕްލާންޓް ކުރަން ޖެހުމާ ގުޅިގެން ދިމާވި ސިއްހީ މައްސަލަތަކެކެވެ.

ބޮޑުވަޒީރު މޯދީ ސަރުކާރުގެ ނުފޫޒުގަދަ މިނިސްޓަރެއްގެ ގޮތުގައި ފާހަގަކުރެވުނު ސުޝްމާ ސުވަރާޖަކީ ރާއްޖެއާވެސް ގާތްގުޅުމެއް ބޭއްވި ކަނބަލެކެވެ. ހާއްސަ ގޮތެއްގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގައި އެކަމަނާ ވަނީ ރާއްޖެއާ ގާތް ގުޅުމެއް ބާއްވާފައެވެ.

ޝުސްމާ އަވަހާރަވުމުގެ ކުރިން އެކަމަނާގެ ޓްވީޓަރ އެކައުންޓު މެދުވެރިކޮށް ވަނީ ޓްވީޓެއްވެސް ކޮށްފައެވެ. އެއީ އިންޑިއާގެ ގާނޫނު އަސާސީގެ 370ވަނަ މާއްދާއަށް ގެނެސްފައިވާ އިސްލާހާއި ގުޅިގެން ކުރެއްވި ޓްވީޓެކެވެ. އެކަމަނާ ވިދާޅުވީ މިއީ އެކަމަނާ ވަރަށް ދެކެން ބޭނުންވި ދުވަހެއް ކަމަށެވެ.