Last Updated: July 1, 06:04
Wednesday, July 1, 2026
ޚަބަރު

ހިތަދޫގެ ބައެއް ޖަންކްޝަންތަކުން ވެސް ލޮނު!

އިންޖީނުގެ ސަރަހައްދުން ލޮނުގަޑު ރަށުތެރެއަށް އަރާފައި. ފޮޓޯ: ކިއުންތެރިއެއް

ހިތަދޫގެ ބައެއް ސަރަހައްދުގައި ބަހައްޓާފައި ހުރި ޖަންކްޝަން ތަކުން ރަށުތެރެއަށް ލޮނު އަރަމުން އެބަ ދެ އެވެ.

އިންޖީނުގެ އޮފީސް ސަރަހައްދާއި، އައިސް ޑިލައިޓް އާއި ދިމާލުން ގިނަ އަދަދަކަށް ވަނީ ރަށުތެރެ އަށް ލޮނު އަރާފަ އެވެ.

ވިއްސާރަވެ ރަށުތެރޭގައި ފެންބޮޑުވާތީ މޫދަށް ފެން ބޭރުކުރުމަށް ހަދާފައިވާ ޖަންކްޝަން ތަކުން ލޮނުއެރުމުގެ މައްސަލައަކީ އާއްމު މައްސަލައެކެވެ. އަދި ކުރިން އެސްޔޫއެލްގެ ދަށުން މަގު ހެދުން އޮތް އިރުވެސް ދޭތެރެ ދޭތެރެ އިން ދިޔަވަރު ބޮޑުވެ ލޮނުއަރާ މައްސަލައަށް ހައްލު ހޯދުމަށް މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް އެކަމަށް އެކަށީގެންވާ ހައްލެއް ލިބިފައި ނުވެ އެވެ.

އިންޖީނުގެ ސަރަހައްދާއި އައިސް ޑިލައިޓް ސަރަހައްދުގެ ބޮޑު ބައެއް ލޮނުން ފުރިފައިވާ އިރު އެސަރަހައްދުން ދަތުރުކުރާ އުޅަނދު ފަހަރު ފަހަރު ތައް ދުއްވަން ޖެހެނީ ލޮނުގެ ތެރެއިންނެވެ. އެހެންވެ އާއްމުންގެ ޝަކުވާ ވަނީ ވަރަށް ބޮޑުވެފަ އެވެ.

އެ ސަރަހައްދުން ވާހަކަ ދެއްކި މީހަކު ބުނީ މިހާރު ދިޔަވަރު ބޮޑުވާތާ ދެ ތިން ދުވަސްވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ ދުވަހު ވެސް ދިޔަވަރު ބޮޑުވާނެކަމަށް ލަފާ ކުރެވޭ ކަމަށް އޭނާ ބުންޏެވެ.

ފޭދޫގެ ބައެއް ސަރަހައްދުގައި ބަހައްޓާފައިވާ ޖަންކްޝަންތަކުން ލޮނު އަރައި އެރަށުގެ ބައެއް ގޭގެއަށް ލޮނު ވަންނަކަމުގެ ޝަކުވާ ވަނީ ކޮށްފައެވެ.