Last Updated: June 6, 17:42
Saturday, June 6, 2026
ޚަބަރު

ގާޒީ ހައިލަމް ޖޭއެސްސީއަށް ވާދަކުރައްވަނީ

، ފޮޓޯ: އަވަސް

ޖުޑީޝަލް ސާވިސް ކޮމިޝަނުގައި ހުންނަވާ ދަށު ކޯޓުތަކުގެ މެމްބަރު ކަމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ، އަހުމަދު ހައިލަމް ވާދަކުރައްވައިފިއެވެ.

މިހާރު ދަށު ކޯޓުތަކުގެ ފަރާތުން ކޮމިޝަނުގައި އިންނަވަނީ ޖުވެނައިލް ކޯޓުގެ ގާޒީ މުހައްމަދު އީސާފުޅެވެ. ގާޒީ މުހައްމަދު އީސާފުޅުގެ ދައުރު މިމަހު ހަމަވާނެއިރު ޑީޖޭއޭއިން ވަނީ އެ މަގާމަށް އެހެން ބޭފުޅަކު ހޮވުން މިމަހުގެ ފަހުކޮޅަށް އިންތިޒާމު ކޮށްފައެވެ.

ގާޒީ ހައިލަމްގެ އިތުރުން މިމަގާމަށް ވާދަކޮށްފައިވަނީ ލ. މާމެންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ ޝަރީފާއި ދ. ކުޑަހުވަދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގު މުހައްމަދެވެ.

ވަކީލުންގެ ތެރެއިން ކޮމިޝަންގައި އިންނަވާ މެމްބަރު ލަތީފާ ގާސިމްގެ މަގާމު ހުސްވުމާ ގުޅިގެން އެމަގާމަށް ވަކީލް އަބްދުލްމާނިއު ހަސަން ވަނީ ދާދި ފަހުން އިންތިޚާބުކޮށްފައެވެ.