Last Updated: June 5, 20:43
Friday, June 5, 2026
ޚަބަރު

އަނެއްކާވެސް ތެލެސީމިއާ ކުއްޖަކު ނިޔާވެއްޖެ

ތެލެސީމިއާ ކުއްޖަކު އަނެއްކާވެސް ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭ ފަތިހު ނިޔާވެފައިވަނީ އުމުރުން 18 އަހަރުގެ، އދ. މާމިގިލީ ކުއްޖެކެވެ.

މިކުއްޖާ ނިޔާވެފައިވަނީ އިންޑިއާގެ ބެންގަލޫރުގެ މަނިޕާލް ހޮސްޕިޓަލްގައި ބޯންމެރޯ ހެދުމަށްފަހު ހާލު ދެރަވެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ.

މިއީ މިހަފްތާ ތެރޭގައި އެރަށުން ނިޔާވި ދެވަނަ ތެލެސީމިއާ ޕޭޝަންޓެވެ. އަދި ފާއިތުވެދިޔަ 2 މަސް ދުވަހުގެ ތެރޭގައި ރާއްޖެއަށް ނިސްބަތްވާ 9 ވަނަ ތެލެސީމިއާ ޕޭޝަންޓެވެ.