ސަލްމާން ހާން މިހާރު ކުޅެމުން އަންނަ ފިލްމް "މެންޓަލް" 3ޑީކޮށް ނެރުމަށް ވާހަކަ ދައްކަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މިކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ފިލްމްގެ ޑައިރެކްޓަރު އަދި ސަލްމާންގެ ކޮއްކޮ ސޮހައި ހާން ބުނީ ފިލްމް މިހާރު ޝޫޓް ކުރަމުން އަންނަނީ 2ޑީ ފޯމެޓްގައި ކަމަށެވެ.
އެހެން ނަމަވެސް ފިލްމްގެ ބައެއް ޓެކްނިޝަނުން، ފިލްމް 3ޑީ ފޯމެޓަށް ބަދަލު ކުރަން ލަފާ ދީފައިވާ ކަމަށް ސޮހައިލް ބުންޏެވެ.
"ފުރަތަމަ ކަމަކަށް ހިނގާބަލަ މި ފިލްމްގެ ޝޫޓިން އެއްކޮށް ނިންމާލަން. އެއަށް ފަހު ފިލްމް 3ޑީ ފޯމެޓަށް ބަދަލު ކުރުމާ ގުޅޭ ގޮތުން ގޮތެެއް ނިންމާނީ،" ސުހެއިލް ބުންޏެވެ.
"މެންޓަލް" ގެ ކުރިން ސަލްމާން ވަނީ ސަލްމާން ހިމަނައިގެން "ޝޭރް ހާން" ގެ ނަމުގައި 3ޑީ ފިލްމެއް ހަދަން މަސައްކަތް ކޮށްފަ އެވެ. އެކަމަކު އެއީ ސްޕަހީރޯ ފިލްމަކަށްވެފައި، ކުރަން ޖެހޭ މަސައްކަތް ބޮޑުކަމުން އެ ފިލްމްގެ ހަދަން ސޮހައިލް ފަސްކޮށްލީ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި "މެންޓަލް" 3ޑީކޮށް ގެނައުމަށް ސަލްމާންގެ އެހާ ބޮޑު ޝައުގުވެރިކަމެއް ނެތެވެ. އެކަމަކު އޭނާގެ ފިލްމެެއް 3ޑީ ފޯމެޓްގައި ގެނެސް ދިނުމަކީ ސަލްމާން ވަަރަށް ބޭނުންވާ ކަމެކެވެ.
އެހެންވެ ފަހަރުގައި ސަލްމާން އެންމެ ބޭނުން ނުވިޔަސް، "މެންޓަލް" 3ޑީ ކޮށް ބެލުންތެރިންނާ ހަމައަށް އައުމުގެ ފުރުސަތު އެބަ އޮތެވެ.
ދެހާސް ހަ ވަނަ އަހަރުގެ ތަމަޅަ ފިލްމެއް ކަމަށްވާ "ސްޓާލިން" ގެ ރިމެކިންއެއްގެ ގޮތުގައި ގެނެސްދޭ "މެންޓަލް" ގައި ސަލްމާންގެ އިތުރުން ތާބޫ ހިމެނެ އެވެ.
އެކަމަކު މި ފިލްމްގައި ސަލްމާންގެ ބަތަލާއިންގެ ގޮތުގައި ފެނިގެން ދާނީ ސަނާ ހާނާއި ޑެއިޒީ ޝާހެވެ.
ފިލްމް ރިލީޒް ވާނީ އަންނަ އަހަރުގެ ޖެނުއަރީ 24 ގަ އެވެ.