Last Updated: May 5, 21:07
Tuesday, May 6, 2025
ސިޔާސީ

ޕީޕީއެމުން ގަން ފާލަން ލައިޓްތަކުގައި ދިދަ ނަގައިފި

ގަމުގެ ކޯސްވޭ ލައިޓް ތަކުގައި ޕީޕީއެމް ދިދަ ޖަހާފައި. ފޮޓޯ: ކިއުންތެރިއެއް.

ރިޔާސީ އިންތިހާބަށް ކުރަމުން އަންނަ ކެމްޕޭނުގެ ދަށުން ޕީޕީއެމުން ގަމުގެ ކޯޒުވޭގައި ހުރި ލައިޓް ޕޯސްޓްތަކުގައި އެ ޕާޓީގެ ދިދަތައް ނަގައިފި އެވެ.

ޕީޕީއެމްގެ އޮފިޝަލަކު ވިދާޅުވީ ލައިޓް ޕޯސްޓްތަކުގައި ދިދަ ނެގީ ރޭ ކަަމަށެވެ. މީގެ އިތުރުން ވެސް ޕީޕީއެމްގެ ކެމްޕޭން ހަރަކާތްތައް އައްޑޫގައި އަންނަނީ ވަރުގަދަ ކުރަމުންނެވެ. އެގޮތުން ކުލަ ލުމާއި ޖަގަހަތައް އިތުރު ކުރުމާއި ދިދަ އާއި ދިދަފަތި ނެގުމާއި ކެމްޕޭން އެހިނިހެން މެޓީރިއަލްތައް އެކި ސަރަހައްދުތަކުގައި އަންނަނީ ބަހައްޓަމުންނެވެ.

ޕީޕީއެމް ފިޔަވައި އައްޑޫގައި ދެން އެންމެ ބޮޑަށް ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދަނީ އެމްޑީޕީންނެވެ. އެގޮތުން އެމްޑީޕީ އާ ވާދަ ކުރެވޭ ވަރަށް އަދި އެހެން ޕާޓީއަަކަށް ކެމްޕޭން ހަރަކާތްތައް ކުރިއަށް ނުގެންދެވޭކަން ފާހަގަކޮށްލެވެ އެވެ.