Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

ޕެރޭޑުގައި ޖޯކު ޖެހުމުން މިނިސްޓަރ ޝިދާތާ ހިތްހަމަނުޖެހިއްޖެ

މާލި ޕެރޭޑް: ފޮޓޯ - ފޭސްބުކް

ކުޅުދުއްފުށީގައި ކޮންމެ ބޮޑު އީދަކާ ގުޅިގެން ބާއްވާ މާލި ޕެރޭޑު އިއްޔެ ބާއްވާފައިވާއިރު، އެ ޕެރޭޑުގައި ޖެންޑަ މިނިސްޓަރ ޝިދާތާ ޝަރީފަށް އަމާޒުކޮށް ގެނެސްދީފައިވާ ބަޔާ ގުޅިގެން މިނިސްޓަރ ނުރުހުން ފާޅުކުރައްވައިފިއެވެ.

އެ ޕެރޭޑުގައި ޝިދާތާއަށް އަމާޒުކޮށް ގެނެސްފައިވާ މާލިގައި "އެ ދައިތާގެ ގެއްލުވާލާ ބެޑްޝީޓް" ޖަހާފައިވާއިރު އޭގެ ފޮޓޯ ވަނީ އާންމުންގެ މެދުގައި ވަރަށް ބޮޑަށް މަގުބޫލުވެފައެވެ.

މިނިސްޓަރ ޝިދާތާ ކުރެއްވި ޓުވީޓުން އެކަމަނާއަށް މާލި އެހާ މަގުބޫލުވެގެން ގޮސްފައިނުވާއިރު ޝިދާތާ ވަނީ ބުލީ ކުރުން އެއްވެސް ގޮތެއްގައި ބަލައިނުގަނެވޭނެ ކަމަށް ވިދާޅުވިއެވެ. "އެއީ އަޅުގަނޑަށް ނުވަތަ ތިބާއަށް އަމާޒުވާކަމުގައި ވިޔަސް،" މިނިސްޓަރު ވިދާޅުވިއެވެ.

ޖެންޑަ މިނިސްޓަރ ޝިދާތާއަށް އާންމުންގެ ފާޑުކިޔުން އަމާޒުވެގެން ގޮސްފައިވަނީ ފަހަކަށް އައިސް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުންނަ ކުޑަކުދިންގެ ހިޔާއިން ކުދިން ނުބެލި، ފިލާ ހަދަމުންދާތީއެވެ. ދާދި ފަހުން ވެސް 7 ކުއްޖަކު ހިޔާ އިން ފިލައިގެން އުޅެނިކޮށް ފުލުހުން ވަނީ ހޯދާފައެވެ.