Last Updated: June 10, 00:02
Tuesday, June 9, 2026
މުނިފޫހިފިލުވުން

ބަޓް ކޭމްޕްގެ ފިލްމަކަށް ވިދިޔާ ސޮއިކޮށްފި

ތަފާތު ރޯލްތަކެއް ކުޅެގެން ބެލުންތެރިންގެ ހިތްތައް ފަތަހަކޮށްފައިވާ ވިދިޔާ ބާލަން ފުރަތަމަ ފަހަރަށް ބަޓް ކޭމްޕްގެ ފިލްމަށް ސޮއިކޮށްފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ވިދިޔާ ސޮއިކޮށްފައި ވަނީ މުކޭޝް ބަޓްގެ ވިޝޭޝް އިން ޕްރޮޑިއުސް ކުރާ ފިލްމަކަށެވެ. އަދި އެ ފިލްމް ޑައިރެކްޓް ކުރާނީ ވިދިޔާގެ ފިރިމީހާ ސިދާތު ރޯއި ކަޕޫރުގެ ކޮއްކޮ އަދިތިޔާ ރޯއި ކަޕޫރު ލީޑް ރޯލް ކުޅެ، ބޮޑު ކާމިޔާބީއެއް ހޯދި ފިލްމް "އާޝިގީ 2" ގެ ޑައިރެކްޓް ކުރި މޯހިތު ސޫރީ އެވެ.

އެގޮތުން ވިދިޔާ އެކު ފިލްމްގެ ލީޑް ރޯލް ކުޅޭނެ ބަތަލައަކު ހޯދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މި ފިލްމްގެ މަސައްކަތް ފަށަން ހަމަޖެހިފައި ވަނީ މޯހިތު އަލަށް މަސައްކަތް ފަށަން ތައްޔާރުވާ އެކްޕާ ކަޕޫރު ޕްރޮޑިއުސް ކުރާ "ވިލަން" އަށް ފަހު އެވެ.

ވިދިޔާގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރެއިން އެންމެ އަވަހަށް ރިލީޒް ވާން އަންނަ ހުކުރު ދުވަހު ރިލީޒް ކުރާ "ގަންޗައްކަރު" އެވެ.
މި ފިލްމްގައި ވިދިޔާގެ ކޯ-ސްޓާރަކީ ބަޓް ކޭމްޕްގެ ފެވަރިޓް އިމްރާން ހާޝިމީ އެވެ.