Last Updated: April 20, 14:49
Saturday, April 20, 2024
ދުނިޔެ

ހަ ފުލުހަކަށް ހަމަލާދިން މީހާ ހައްޔަރުކޮށްފި

ފުލުހުންނަށް ހަމަލާދިނުމުން ރައްކާތެރިކަން ހޯދަނީ: ފޮޓޯ - ރޮއެޓާސް

އެމެރިކާގެ ފިލަޑެލްފިއާ ސްޓޭޓުގައި ހަ ފުލުހަކަށް ހަމަލާދީ ޒަޚަމްކުރި މީހާ ފުލުހުން ހައްޔަރުކޮށްފިއެވެ.

މިހާދިސާ ހިނގާފައިވަނީ ކޯޓު އަމުރަކާއެކު ގެއެއް ފާސްކުރުމަށް ފުލުހުން ދިއުމުންނެވެ. މަސްތުވާތަކެތީގެ މައްސަލައެއް ތަހުގީގު ކުރަމުން ދިޔަ ފުލުހުން އެގޭ ފާސްކުރަން ދިއުމުން އޭނާ ވަނީ ބަޑި ޖަހާފައެވެ.

މީޑިޔާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ބަޑި ޖެހީ މޯރީސް ހިލް ނަމަކަށް ކިޔާ މީހެކެވެ. އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް އައުމުގެ ކުރިން ދެ ފުލުހުންނާއި އިތުރު ތިން މީހަކު ގޭތެރޭގައި ރަހީނުކޮށްފައެވެ.

ނަމަވެސް ފުލުހުންނާއި ސްވޮޓް ޓީމުގެ އެހީގައި މޯރީސް ހިލް ވަނީ އިތުރު މީހަކަށް އަނިޔާނުކޮށް އަމިއްލައަށް ފުލުހުންނާއި ހަވާލުވެފައެވެ. ސުލްހަވެރިކަމާއެކު ފުލުހުންނާއި ހަވާލުވުމަށް އޭނާގެ ވަކީލު ވަނީ ނަސޭހަތްތެރިވެފައި ކަމަށް ވެސް "ބީބީސީ" އިން ރިޕޯޓުކޮށްފައިވެއެވެ.

ގޭތެރެއިން ބައެއް މީހުން ހައްޔަރުވެސް ކޮށްފައިވާއިރު ހިލް ވަނީ ބަޑިޖެހުމުގެ ހާދިސާ ފޭސްބުކްގައި ލައިވް ވެސް ކޮށްފައެވެ. އޭނާ ހައްޔަރުކުރެވުނީ 7 ގަޑިއިރު ފަހުންނެވެ.