Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

ކަނޑަށް ވެއްޓުނު ބޯޓު ނަގައިފި

ވެއްޓުނު ފްލައިޓު ކަނޑުން ނަގަނީ: ފޮޓޯ - މީޑިޔާ

މިދިޔަ ހުކުރު ދުވަހުގެ ހަވީރު ޝަންގްރިއްލާ ރިސޯޓު ކައިރިން މޫދަށް ވެއްޓުނު އޭޝިއަން އެކެޑެމީ އޮފް އެރޮނޮޓިކްސް(އޭއޭއޭ) ގެ މަތިންދާބޯޓު ނަގައިފިއެވެ.

ފްލައިން ސްކޫލްގައި ތަމްރީން ހަދަމުންދާ މަރަދޫ ދަރިވަރަކާއި އިންސްޓްރަކްޓަރަކާއެކު ދަތުރުކުރި ބޯޓު ވެއްޓުނީ އިންޖީނަށް މައްސަލައެއް ޖެހި ފެއިލްވުމާ ގުޅިގެން ކަމަށް ކަމާ ބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ. މިހާދިސާގައި ބޯޓުގައި ތިބި ދެމީހުންނަށް ވެސް އެއްވެސް އަނިޔާއެއް ވެފައިނުވާއިރު ދެމީހުން ކަނޑުން ނެގީ ޝަންގްރިއްލާގެ ދޯންޏެކެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީން ބޯޓު ވެއްޓުނު ހާދިސާ ތަހުގީގު ކުރަމުން އަންނަ އިރު އޭއޭއޭ އިން ވެސް އަންނަނީ މައްސަލަ މެދުވެރިވި ސަބަބު ދެނެގަތުމަށް މަސައްކަތް ކުރަމުންނެވެ.