ސ. ހިތަދޫގެ މަޝްހޫރު އެއް ސްޕަމާޓް ކަމަށްވާ "މަލްޓި ސުޕަމާޓް" އިން ރޯދައަށް ހާއްސަ ކޮށް ބާއްވާ ރޯދަ ބާޒާރު އަންނަ ހުކުރު ދުވަހުގެ ރޭ ބާއްވަން ތައްޔާރު ވަމުން އަންނަ ކަމަށް އެ ފިހާރައިން ބުނެފިއެވެ.
މަލްޓީ ސުޕަމާޓްގެ އިސް ބޭފުޅަކު ވިދާޅުވީ ރޯދަ އަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ރޯދަ ބަޒާރުގައި ބަދިގޭގައި ހިފައި ގެންގުޅޭ ސާމާންތައް 70 ޕަސެންޓް ހެޔޮ އަގުގައި ލިބެން ހުންނާނެ ކަމަށެވެ.
އެގޮތުން ރޯދަ އަށް ބަދިގޭގެ ސާމާން އާ ކޮށްލައްވަން ބޭނުން ފުޅު ފަރާތަކަށް މީ ރަނުގެ ފުރުސަތެއް ކަމަށް މަލްޓީއިން ބުނެއެވެ.
މަލްޓީ ސްޕަމާޓް އާ ދިމާލުން ބޮޑު މަގުގައި ހަދަމުން އަންނަ އާ ފިހާރައިގައި ކުރިއަށް ގެންދާ މި ހާއްސަ ޕްރޮމޯޝަން ހުކުރު ދުވަހުން ފެށިގެން ރޯދަ މަސް ފެށެން ދެން ކުރިއަށް ގެންދާނެ ކަމަށް އެ ފިހާރަ އިން ބުންޏެވެ.
މަލްޓީ ސްޕަމާޓް އަކީ ކޮންމެ ރަމަޟާން މަހަކު ވެސް އަގު ހެޔޮކޮށް ރޯދަ އަށް ބޭނުންވާ ސާމާން ގެނެސް ވިއްކާ ފިހާރައެކެވެ. އެގޮތުން ރޯދަ އަށް ބޭނުންވާ ގިނަ ކެއުން ބުއިމުގެ ސާމާން އެ ސްޕަމާޓުން ގެނެސް ވިއްކަ އެވެ.