Last Updated: April 26, 17:23
Friday, April 26, 2024
ޚަބަރު

ޓީޗަރުންގެ ކޮންފަރެންސު މިފަހަރު އައްޑޫގައި

ކުރީގެ ކޮންފަރެންސުގެ ތެރެއިން: ފޮޓޯ - އެންއައިއީ

އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް އަންނަ މަހުގައި އައްޑޫ ސިޓީގައި ބޭއްވުމަށް ނިންމައިފިއެވެ.

ހިތަދޫ ޝަރަފުއްދީން ސްކޫލުގައި އަންނަ މަހުގެ 5-4 އަށް މިކޮންފަރެންސް ބޭއްވުމަށް ނިންމާފައިވާއިރު މިއީ ޓީޗާސް ކޮންފަރެންސް އައްޑޫގައި ބާއްވާ ފުރަތަމަ ފަހަރެވެ.

އެންމެ ފުރަތަމަ 2012 ވަނަ އަހަރު މިކޮންފަރެންސް ބާއްވާފައިވާއިރު އޭރު ބާއްވަމުން އައީ ކޮންމެ އަހަރަކު އެއް ފަހަރެވެ. ނަމަވެސް ފަހުން ކޮންފަރެންސް އިންތިޒާމް ކުރާ ޝެނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ އެޑިއުކޭޝަން ޑިވޮލޮޕްމަންޓުން ބާއްވަމުން އައީ ދެއަހަރުން އެއް އަހަރެވެ.

މިފަހަރުގެ ކޮންފަރެންސުގައި ސިންގަޕޯ، ބްރެޒިލް، އިންޑިޔާ، ލަންކާ އަދި ޔޫކޭގެ ޓީޗަރުން ވެސް ބައިވެރިވާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.