Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ފުވައްމުލަކުގައި ބިޒްނަސް އިނޮވޭޝަން ފޯރަމެއް ބާއްވަނީ

‘ބިޒިނެސް އިންނޮވޭޝަން ވީކް’ ގެ ނަމުގައި ފުވައްމުލުގައި ވިޔަފާރިއާއި ގުޅުން ހުރި ފޯރަމެއް ބާއްވަން ނިންމައިފިއެވެ.

ރާއްޖޭގެ މަޝްހޫރު އައިބޭ އާއި ޕެޓް އައިޑިއާ އަދި ކްރޯވޭ ގުޅިގެން އިންތިޒާމް ކުރާ މި ބިޒްނަސް ފޯރަމް ބޭއްވުމަށް ނިންމާފައިވަނީ އަންނަ ސެޕްޓެމްބަރު މަހު 1-5 އަށް ފުވައްމުލކު ތައުލީމީ މަރުކަޒުގައެވެ.

ވިޔަފާރިވެރިންނާއި ވިޔަފާރި ފެއްޓުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި އިވެންޓުގައި މައުލޫމާތު ދެއްވާނީ ވިޔަފާރީގެ ދާއިރާއިން ތަޖްރިބާ ހޯއްދަވާފައިވާ ފުވައްމުލަކުގެ ޒުވާނުންނެވެ. އެގޮތުން ބިޒްނަސް އިނޮވޭޝަން ވީކްގައި މައުލޫމާތު ދެއްވާނެ ފަރާތްތައްވެސް ވަނީ އިއްލާން ކޮށްފައެވެ. އެގޮތުން އެބޭފުޅުން ވިޔަފާރީގައި ހޯއްދަވާފައިވާ ކާމިޔާބީ އާއި ތަޖުރިބާ ބައިވެރިންނާއި ހިއްސާ ކުރާނެއެވެ.

މި އިވެންޓަކީ އެއްވެސް ފީއަކާއި ނުލައި މުޅިން ހިލޭ ބައިވެރިވެވޭ ގޮތަށް ހުޅުވާލާފައިވާ ފޯރަމެކެވެ. މި އިވެންޓްގައި ބައިވެރިވާން އެދޭ ފަރާތްކުން 7773712 އާއި ގުޅައިގެން ވެސް ރެޖިސްޓްރީ ކުރުމުގެ އިތުރުން މިއިވެންޓުގެ އެންމެ ފަހުގެ މައުލޫމާތު ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

މިފޯރަމުގައި ވިޔަފާރި ފެށާނެ ގޮތް ދަސްކޮށްދިނުމާއި، ވިޔަފާރިތަކަށް އިންވެސްޓަރުން ހޯދދާނެ ގޮތްތަކާއި ވިޔަފާރީގައި ކާމިޔާބު ހޯދާފައިވާ ގޮތްތަކުގެ މިސާލުތައް ހިއްސާކުރެވިގެން ދާނެއެވެ.