Last Updated: June 10, 00:02
Tuesday, June 9, 2026
މުނިފޫހިފިލުވުން

"ރާމް ލީލާ" ނޮވެމްބަރު 15 ގައި

މި އަހަރުގެ އެންމެ އުންމީދީ ފިލްމްތަކުގެ ތެރޭގައި ހިމެނޭ އަދި ނޮވެމްބަރު މަހުގެ 29 ގައި ރިލީޒް ކުރަން ކުރިން ހަމަޖެއްސި ކުޅަދާނަ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ރާމް ލީލާ" ނޮބެމްބަރު 15 ގައި ރިލީޒް ކުރާ ގޮތަށް ހަމަޖައްސަައިފި އެވެ.

ރަންވީރު ސިންގް އާއި ދީޕިކާ ޕަދްކޯން ލީޑް ރޯލް ކުޅޭ "ރާމް ލީލާ" ރިލީޒް ކުރާ ތާރީހު އަވަސް ކުރި ނަމަވެސް، އެ ބަދަލު ގެނައި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ.

އެހެން ނަމަވެސް އެ ފިލްމް ރިލީޒް ކުރާ ތާރީހު އަވަސްވެގެން ދިއުމަކީ ފިލްމަށް އިންތިޒާރު ކުރަމުން އަންނަ އެތައް ބަޔަކަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

"ރާމް ލީލާ" ނޮވެމްބަރު 15 އަށް އަވަސް ކުރި އިރު، ފިލްމްގެ ފުރަތަމަ ޕޯސްޓަރު ފިޔަވައި، ފިލްމްގެ ޕްރޮމޯޝަނާ ގުޅޭ އެއްވެސް މެޓީރިއަލްއެއް މިހާތަނަށް އާންމުކޮށްފައެއް ނުވެ އެވެ.

އެހެން ނަމަވެސް ގިނަ ބަޔަކު އުންމީދު ކުރާ ގޮތުގައި "ރާމް ލީލާ" ވެގެން ދާނީ ބަންސާލީގެ އެންމެ ކާމިޔާބް ފިލްމްތަކުގެ ތެރޭގައި ހިމެނޭ "ހަމް ދިލް ދޭ ޗުކޭ ސަނަމް" އާއި "ދޭވްދާސް" ފަދަ ކުލަގަދަ އަދި އަސަރުން ފުރިގެންގެންވާ ލޯބީގެ ހާދިސާތަކެެއް ދައްކުވައި ދޭނެ ފިލްމަކަށެވެ.

މިއީ ރިތިކް ރޯޝަން އާއި އައިޝްވާރިއާ ރާއީ ލީޑް ރޯލް ކުޅުނު 2010 ވަނަ އަހަރުގެ "ގުޒާރިޝް" އަަށް ފަހު ބަންސާލީ ގެނެސްދޭ ފުރަތަމަ ފިލްމެވެ.

އޭނާ ޕްރޮޑިއުސް ކުރާ ޓީވީ ސިިލްސިލާ "ސަރަަސްވަތީ ޗަންދްރާ" ސްޓަ ޕްލަސް އިން ދައްކާތާ މިހާރު ވަނީ ދުވަސްތަކެއްވެފަ އެވެ.