Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

ޔާމީންގެ ޝަރީއަތް ފަށައިފި

ކުރީގެ ރައިސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް އުފުލާފައިވާ ލޯންޑްރިންގެ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ފަށައިފިއެވެ.

މިއަދުގެ ޝަރީއަތުގެ މަޖްލީހުގައި އޮތީ ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމެވެ. އެގޮތުން ފުރަަތަމަ ހެކި ވެރިއެެއްގެ ގޮތުން ބަޔާން ނަގަނީ އެސީސީގެ ކުރީގެ ނައިބް ރައީސް އަދި މިހާރުގެ ކަމިޝަންގެ ރައީސް މުވައްވިޒު ރަޝީދުގެ ހެކިބަސް ނެގުމެވެ.

މި މައްސަލައިގެ ޝަރީއަތް ފައްޓަވަމުން ކްރިމިނަލް ކޯޓުގެ އިސް ގާޒީ ހައިލަމް ވިދާޅުވީ މިއަދުގެ ޝަރީއަތުގެ މަޖްލިސްގައި ދައުލަތުގެ ފަރާތުން ހެކިބަސް ނަގަމުން އަންނައިރު ދިފާއުގައި ހެކިވެރިޔާ އާއި ސުވާލު ކުރުމުގެ ފުރުސަތު ދެވޭނެކަމަށެވެ. އަދި މިއަދުގެ ޝަރީއަތުގައި އިތުރު ފަރާތްތަކުގެ ހެކިބަސް ނެގުމަށް ހަމަޖެހިފައިވާތީ ހެކިބަސް ނެގުން ބައިގަޑިއިރުގެ ތެރޭގައި ނިންމެވުމަށް އެދިވަޑައިގެންނެވިއެވެ.

ހެކިބަސް ދެއްވަމުން މުއައްވިޒު ވަނީ މައްސަލާ ގުޅުން ހުރި ބޭންކު ސްޓޭޓްމެންޓެއް ގެނެސްފައެވެ. އެ ސްޓޭޓްމަންޓަކީ ޔާމީން އަބްދުލް ގައްޔޫމްގެ އެކައުންޓަށް ޖަމާކުރެއްވި އެއް މިލިއަން ޑޮލަރުގެ ބޭންކުގެ ސްޓޭޓްމަންޓެވެ.

ތަފްސީލް އަންނަނީ..