Last Updated: July 1, 06:04
Wednesday, July 1, 2026
ޚަބަރު

ފަނޑިޔާރެއްގެ ބަރަހަނާ ވީޑީއޯއެއްގެ މައްސަލާގައި ފާއިޒު ހައްޔަރު ކޮށްފި

މިނިސްޓްރުގެ ނައިބް ފެންވަރުގެ މަގާމެއްގައި ހުންނެވި ސ.ފޭދޫ ޕިންކް ހައުސް އަހުމަދު ފާއިޒު، ފަނޑިޔާރެއްގެ "ބަރަހަނާ" ވީޑިއޯއެއް ވިއްކަން އުޅެނިކޮށް ފުލުހުންގެ އަތުލައިގެންފިއެވެ.

މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ޕްރޮޖެކްޓް އެޑްވައިޒަރުގެ މަގާމުގައި ހުންނެވި އަހުމަދު ފާއިޒު އަކީ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އާއި ވަރަށް އަރިސް ބޭފުޅެކެވެ.

ފުލުހުން ވެސް ވަނީ ފާއިޒު ހައްޔަރު ކޮށްފައިވާ ކަން ކަށަވަރު ކޮށްދީފައެވެ. ނަމަވެސް ފުލުހުން ފާއިޒު ހައްޔަރު ކުރީ ކޮން މައްސަލައަކާއިގެން ކަމެއް ނުބުނެއެވެ. ހަމައެކަނި ބުނެފައިވަނީ ބުނީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ފާއިޒް ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފާއިޒްގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ހަވީރު ވަނީ 15 ދުވަހުގެ މުއްދަތެއް ވެސް ފުލުހުންނަށް ދީފަ އެވެ.

ފާއިޒަކީ މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްއެންބީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.