Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

ޝެއިޚް އަލީ ޒައިދުއަށް ޝެއިޚް ހުސެއިން ރަޝީދުގެ ޗެލެންޖެއް!

އިސްލާމް ދީނުގައި އަންހެނުންނަށް ފަނޑިޔާރުކަން ނުކުރެވޭނެކަން ޤުރުއާނާއި ސުންނަތުން ސާބިތުކޮށްދީފި ނަމަ ޝެއިޚް އަލީ ޒައިދުގެ ނޯކަރަކަށް ހުންނާނެ ކަމަށް ވިދާޅުވެ ޝެއިޚް ހުސެއިން ރަޝީދު އަލީ ޒައިދަށް ޗެލެންޖެއް ކޮށްފިއެވެ.

ޝެއިޚް ހުސެން ރަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާބޮޑަށް ދީނޭ ކިޔުއްވައިގެން މީހުން އޮޅުވާލަން ނަހައްދަވާ ޓީވީ ބަހުސަކަށް ވަޑައިގެންނެވުމަށް ދައުވަތު އަރުވާ ކަމަށެވެ.

މި ބަހުސްގައި ޤުރުއާނާއި ސުންނަތުން އަންހެނުންނަށް ފަނޑިޔާރުކުރުން ހުއްދަ ނޫން ކަން ސާބިތުކޮށްދީފި ނަމަ އަލީ ޒައިދުގެ ނޯކަރަކަށް ވާނެ ކަމަށް ހުސެއިން ރަޝީދު ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ ބެންޗަށް އައްޔަން ކުރުމަށް ރައީސުލް ޖުމުހޫރިއްޔާ އަންހެން ދެ ފަނޑިޔާރެއްގެ ނަން ފޮނުވުމުން ގިނަ ދީނީ އިލްމުވެރިން ވަނީ އެކަމާ ދެކޮޅު ހައްދަވާފައެވެ. އަދި އިސްލާމް ދީނުގައި އަންހެނުންނަށް ފަނޑިޔާރުކަން ކުރުމަށް ޖާގައެއް ނެތް ކަމަށް ބުނެ ޚިޔާލު ފާޅުކޮށްފައިވެއެވެ.