Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

މާދަމާ ސިނަމާލެ ބްރިޖު ބަންދުކުރަނީ

ސިނަމާލެ ބްރިޖު ހުޅުވިތާ އެއް އަހަރު ވެފައިވާއިރު ކޮންމެ އަހަރަކުވެސް ކުރަން ޖެހޭ އިންސްޕެކްޝަން ކުރުމަށް މާދަމާ ބްރިޖު ބަންދުކުރަން ނިންމައިފިއެވެ.

ޗައިނާ ސަރުކާރާއި ދިވެހި ސަރުކާރު ގުޅިގެން އެޅި މިބްރިޖަކީ މިހާރު މާލޭގެ ވަރަށް ބޮޑު އާބާދީއެއް ކޮންމެ ދުވަހަކުވެސް ބޭނުންކުރަމުން އަންނަ ބްރިޖެކެވެ.

އިންސްޕެކްޝަނަށް ބްރިޖު ބަންދުކުރާއިރު މާދަމާ އަދި މިމަހުގެ 31 ވަނަ ދުވަހާއި އަންނަ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހު ބްރިޖުގެ އެއް ލޭނު ހެނދުނު 8:00 އިން މެންދުރު 14:00 އަށް ބަންދުކުރާނެއެވެ.

މި ލޭނު ބަންދުކުރުމުން ދެކޮޅަށް ވެސް ދުއްވާނީ ހުޅުލެއިން މާލެ އަންނަ ލޭނުގައެވެ.