Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

އެމްއެންޑީއެފް ވެހިކަލެއް ބްރިޖު މަތިން އެކްސިޑެންޓުވެއްޖެ

އެކްސިޑެންޓުވި ވެހިކަލް: ފޮޓޯ - މީސް މީޑިޔާ

ރައީސުލް ޖުމުހޫރިއްޔާގެ މޮޓޯކޭޑުގައި ހިމެނޭ އެމްއެންޑީއެފްގެ ވެހިކަލެއް ސިނަމާލެ ބްރިޖު މަތިން މިއަދު އެކްސިޑެންޓު ވެއްޖެއެވެ.

ޚަބަރު ލިބޭ ގޮތުގައި މިއެކްސިޑެންޓު ހިނގާފައިވަނީ ރައީސުލް ޖުމުހޫރިއްޔާ އދ. ދިޔަމިގިއްޔަށް ފުރާވަޑައިގަތުމަށް އެއާޕޯޓަށް ވަޑައިގެންނެވި މޮޓޯކޭޑު އެނބުރި އައި މަގުމަތީގައެވެ.

އެކްސިޑެންޓާ ގުޅޭ ގޮތުން އިތުރު ތަފްސީލެއް އަދި ލިބިފައިނުވި ނަމަވެސް މީޑިޔާގައި ދައުރުވާ ފޮޓޯތަކުން ފެންނަ ގޮތުގައި ވެހިކަލް ޖެހި ޑިވައިޑާތަކަށް ވަނީ ގެއްލުން ލިބިފައެވެ. އަދި ވެހިކަލުގެ ކުރީކޮޅަށް ވެސް ވަނީ ގެއްލުންތަކެއް ލިބިފައެވެ.