Last Updated: July 1, 04:05
Wednesday, July 1, 2026
ޚަބަރު

އަދާލަތު ޕާޓީ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލައިފި

މީދޫގައި އަދާލަތު ޕާޓީން ގާއިމް ކޮށްފައިވާ އޮފީހަށް ގެއްލުން ދީފައި. ފޮޓޯ: ވީއޯއެމް

ސ. މީދޫގައި އަދާލަތު ޕާޓީން ގާއިމް ކޮށްފައިވާ އެ ޕާޓީގެ އޮފީހުގެ ބިއްލޫރިގަނޑު ރޭ ބަޔަކު ތަޅާލައިފިއެވެ.

އަދާލަތު ޕާޓީގެ އޮފިޝަލަކު ވިދާޅުވީ އޮފީހުގެ ބިއްލޫރި ގަނޑު ތަޅާލާފައިވަނީ ރޭ ދަންވަރު ގާތްގަޑަކަށް 3:30 ހާއިރު ކަމަށެވެ. މީދޫ ބަހާއުއްދީން މަގު (ބޮޑުމަގު)ގެ ކޯގަންނު އާއި ވީ ކޮޅުގައި ގާއިމް ކޮށްފައިވާ އޮފީހުގެ ބިއްލޫރި ގަނޑުގެ އިތުރުން އެއޮފީހުގެ ބޭރުގައި ޖަހާފައިވާ ބޮޑު ސްކްރީނުވެސް ވަނީ ހަލާކު ކޮށްލާފައެވެ.

އޮފިޝަލް ވިދާޅުވީ "ގައުމާއިގެން ކުރިއަށް" ކެމްޕެއިންގެ އޮފީހެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ މި އޮފީހަށް ހަމަލާ ދީފައިވަނީ ކޮންބައެއް ކަން ނޭގޭ ކަމަށެވެ.

ހުޅުދޫ އަދި މީދޫގައި އެމްޑީޕީގެ 4 ޖަގަހައާއި އޮފީހެއް ވަނީ ހުޅުވާފައެވެ. އަދި ޖުމްހޫރީ ޕާޓީގެ ދެޖަހަގަ ހުޅުދޫގައި މިހާރުވަނީ ތައްޔާރުކުރެވިފައެވެ. އަދި މީގެ އިތުރަށް ޕީޕީއެމުން ކެމްޕެއިނަށް ތައްްޔާރުވުމުގެގޮތުން ހުޅުދޫއާއި މީދޫގައި ދެޖަގަހަ ތައްޔާރު ކުރުމުގެ މަސައްކަތް ކުރެވެމުން އެބަދެއެވެ.

ނަމަވެސް މިއިން ތަނަކަށް އަދި އެއްވެސް ފަރާތަކުން ގެއްލުން ދީފައި ނުވެއެވެ.