Last Updated: June 6, 14:01
Saturday, June 6, 2026
ޚަބަރު

ސައުތް އޭޝިއަން ސްޕީކާސް ސަމިޓް ފަށައިފި

ސްޕީކާސް ސަމިޓުގައި އެކި ގައުމުތަކުގެ މަޖިލިސް ރައީސުން ބައިވެރިވެވަޑައިގެންނެވި: ފޮޓޯ - ވަން އޮންލައިން

ދެކުނު އޭޝިޔާގެ ގައުމުތަކުގެ މަޖިލިސް ރައީސުންގެ ސަމިޓް މިއަދު ހެނދުނު ރާއްޖޭގައި ފަށައިފިއެވެ.

މިއީ މި ސަމިޓު ބާއްވާ ހަތަރު ވަނަ ފަހަރެވެ. ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރާ މާލަމުގައި މިއަދު ހެނދުނު ސަމިޓު ފަށާފައިވާއިރު ފައްޓަވާދެއްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

ދެ ދުވަހަށް ކުރިއަށްދާ މިސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް 9 ގައުމުން ވެސް ރާއްޖެއަށް ވަނީ މަޖިލީހުގެ އިސް ބޭފުޅުން ވަޑައިގެންފައެވެ.

އޭގެ ތެރޭގައި ރާއްޖޭގެ އިތުރުން އިންޑިއާ އާއި އަފްޣާނިސްތާނު ބަނގުލަދޭޝް އާއި ބޫޓަން އާއި މިޔަަންމާގެ އިތުރުން ނޭޕާލް އާއި ޕާކިސްތާނާއި ސްރީލަންކާގެ މަޖިލިސް ރައީސުން ހިމެނެއެވެ.

މަޖިލިސް ރައީސުންގެ އިތުރުން ވެސް އެކި ގައުމުތަކުގެ 40 މަންދޫބުން ބައިވެރިވާނެއެވެ.