Last Updated: June 6, 14:01
Saturday, June 6, 2026
ޚަބަރު

ލައިފްޖެކެޓު މަޖުބޫރުކުރުވާ ގަރާރެއް މަޖިލީހަށް

ކަނޑުދަތުރުފަތުރުކުރާ އުޅަނދުތަކުން ދަތުރު ފެށުމުގެ ކުރިން ފަސިންޖަރުން ލައިފް ޖެކެޓު އެޅުވުން މަޖުބޫރުކުރާ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

މިގަރާރު މަޖިލީހަށް ހުށައެޅީ އިދިިކޮޅު ޕީއެންސީގެ ފަރާތުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އިބްރާހިމެވެ. މިގަރާރުގައި ޔެލޯ އެލާޓު ނެރެ މޫސުން ގޯސްވެފައިވަނިކޮށް މަރުފުރުނު ކަމެއްގައި މެނުވީ ދަތުރު ނުކުރެވޭ ގޮތް ހެދުމަށް ވެސް ގޮވާލާފައިވެއެވެ.

މެމްބަރު އާދަމް ޝަރީފް ގަރާރު ހުށައަޅުއްވަމުން ވިދާޅުވީ މިއީ މޫސުން ގޯސްވެ ކަނޑުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތައް މަދުކުރުމަށް ހުށައެޅޭ ގަރާރެއް ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހއ. ނޮޅިވަރަންފަރުން ފުރައިގެން ދިޔަ ލޯންޗެއް ބަންޑުންވެ އޭގައި ދަތުރުކުރި 5 މީހަކު ކަނޑަށް ޣަރަގުވެ ނިޔާވެފައެވެ.