Last Updated: March 28, 13:31
Thursday, March 28, 2024
ޚަބަރު

ހިތަދޫ ހޮސްޕިޓަލްގެ އިހުމާލުން ބަނޑަށް ކުއްޖަކު މަރުވި މައްސަލައެއް ފެންމަތިވެއްޖެ

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އިހުމާލުން މާބަޑު މީހެއްގެ ބަނޑަށް ކުއްޖަކު މަރުވި މައްސަލައެއް ފެންމަތިވެއްޖެއެވެ.

"އައްޑޫލައިވް"އަށް އެނގިފައިވާ ގޮތުން މިހާދިސާ ހިނގާފައިވަނީ ރޭ ދަންވަރުއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ ޝަރަފު ސާދާތު ވިދާޅުވީ އެފަދަ ކަމެއް ހިނގާފައިވާ ކަމަށާއި، އެކަން ހޮސްޕިޓަލުން ބަލަމުން އަންނަ ކަމަށެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައިވެސް މައިމީހާގެ ބަނޑުގައި އޮތް ކުއްޖަކު މަރުވި މައްސަލައެއް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފެންމަތި ވުމާއި ގުޅިގެން އެ މައްސަލަ މިނިސްޓްރީ އޮފް ހެލްތުން ބަލާފައިވެއެވެ.

ތަފްސީލް އަންނަނީ…..