Last Updated: April 20, 11:14
Saturday, April 20, 2024
ޚަބަރު

ތިނަދޫގައި ޒުވާނަކު ދުއްވި ކާރެއް ކޮންޓްރޯލް ނުވެ މޫދަށް ވެއްޓިއްޖެ

ތިނަދޫން މޫދަށް ވެއްޓުނު ކާރު، ފޮޓޯ: ވަން އޮންލައިން

ގދ. ތިނަދޫގައި ޒުވާން ކުއްޖަކު ދުއްވި ކާރެއް ކޮންޓްރޯލު ނުވެ މޫދަށް ވެއްޓިއްޖެއެވެ.

މިއަދު ހަވީރު 4:30 ހާއިރު ހިނގި މިހާދިސާ ހިނގާފައިވަނީ ތިނަދޫގެ އަލަށް ހިއްކި ސަރަހައްދުގައެވެ.

ތިނަދޫ ކައުންސިލް މެމްބަރ އައްސަދު ވިދާޅުވީ ޒުވާން ކުއްޖަކު ދުއްވި ކާރެެއް ފަހަތަށް ޖަހަން އުޅުމުގެ ތެރޭގައި އޮޅިގެން ރޭހަށް ފިތާލެވުމުން ކޮންޓްރޯލް ނުވެ ހިލަ ތޮށިގަޑު މަތިން މޫދަށް ވެއްޓިފައިވާ ކަމަށެވެ.

މި ހާދިސާ ހިނގި ވަގުތު ޑްރައިވަރުގެ އިތުރުން އިތުރު ޒުވާނަކު ހުރިކަމަށް މައުލޫމާތު ލިބެއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވެއެވެ،

މޫދަށް ވެއްޓުނު ކާރު ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އައްސަދު ވިދާޅުވިއެވެ.