Last Updated: June 6, 11:50
Saturday, June 6, 2026
ޚަބަރު

ބައިނަލް އަގުވާމީ ޤުރުއާން މުބާރާތެއްގެ ފަނޑިޔާރަކަށް ޝެއިޚް އިލްޔާސް

ސައުދީ ރަސްގެފާނުގެ ނަމުގައި މައްކާގައި ބާއްވާ ބައިނަލް އަޤުވާމީ ޤުރުއާން މުބާރާތެއްގެ ފަނޑިޔާރުކަން ކުރެއްވުމުގެ ފުރުސަތު ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި ޤާރީ ޝެއިޚް އިލްޔާސް ހުސެއިން އަށް ލިބިވަޑައިގެންފިއެވެ.

ޝެއިޚް އިލްޔާސް ވަނީ 41 ވަނަ ކިންގް އަބްދުލްއަޒީޒް ޤުރުއާން މުބާރާތުގެ ފަނޑިޔާރެއްގެ ގޮތުގައި ބައިވެރިވުމަށް މިހާރު މައްކާއަށް ފުރާފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން 103 ގައުމަކުން 146 ބައިވެރިން މިމުބާރާތުގައި ބައިވެރިވާނެއެވެ.

މިމުބާރާތުގެ އެއްވަނަ ލިބޭ ފަރާތަށް 67،000 ޑޮލަރުގެ އިނާމެއް ހުށައެޅިފައިވެއެވެ. ޝެއިޚް އިލްޔާސްއަކީ ކީރިތި ޤުރުއާން ހަތް ގިރާއަތަކަށް ވިދާޅުވާ ޤާރީއެކެވެ.