Last Updated: June 6, 11:50
Saturday, June 6, 2026
ޚަބަރު

ތަގުރީރު ކުރެއްވުމަށް ރަނިލް މަޖިލީހަށް

ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ދައުވަތަކަށް ރާއްޖެ ވަޑައިގެންފައިވާ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ، މިއަދު ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް މަޖިލީހަށް ވަޑައިގެންފިއެވެ.

ބޮޑުވަޒީރު ރަނިލް ރާއްޖެ ވަޑައިގެންފައިވަނީ އިއްޔެގެ ހެނދުނުގެ ވަގުތުކޮޅެއްގައެވެ. ރައީސްގެ ދައުވަތަކަށް ރަނިލް ރާއްޖޭގައި ކުރިއަށްދާ އިންޑިއަން އޯޝަން ކޮންފަރެންސްގައި ވެސް ބޮޑުވަޒީރު ރަނިލް ބައިވެރިވެ ވަޑައިގެން ޗެއާކަން ކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

ރަނިލް މަޖިލީހަށް ވަޑައިގެންނެވުމުން މަރުހަބާ ދެންނެވީ މަޖިލިސް ރައީސް މުހައްމަދު ނަޝީދު އަދި ނައިބު ރައީސް އީވާ އަބްދުﷲ އެވެ.