Last Updated: April 19, 22:45
Friday, April 19, 2024
ވިޔަފާރި

ބޮޑު ޗުއްޓީއާ ދިމާކޮށް ސްރީލަންކަންގެ ފްލައިޓުތަކަށް ބަދަލުތަކެއް

ސްރީ ލަންކަން އެއާލައިންސް އިން ކުރިއަށް އޮތް ބޮޑު ޗުއްޓީގައި ގަން އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގެ ފްލައިޓް ޝެޑިއުލްއަށް ބަދަލުތަކެއް ގެނެސްފިއެވެ.

ނޮވެމްބަރ ޑިސެމްބަރު ދުވަސްވަރަކީ އާންމުކޮށް ދިވެހިންނާއި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ޗުއްޓީއަށް ރާއްޖެއިން ބޭރަށް ދަތުރުކުރާ ދުވަސްވަރަކަށް ވެފައި، ސްރީ ލަންކަން އިން މިބަދަލުތައް ގެނެސްފައިވަނީ ޗުއްޓީއަށް ދާ މީހުންނަށް ލުއިފަސޭހަ ކޮށްދިނުމަށް ކަމަށް އެއާލައިނުން ބުނެފައިވެއެވެ.

ޝެޑިއުލް ބަދަލުކުރެވިފައިވާ މަންޒިލްތަކަކީ، ޓްރިވެންޑްރަމް، ކޮޗިން، ހައިދަރްއާބާދު، ކުއަލަ ލަމްޕޫރް، ސިންގަޕޯ، ބެންގްކޮކޮ، ޑާކާ، ޓްރިޗީ، ޖަކާޓާ އަދި މަޑުރައި އެވެ. ބަދަލުކުރެވުނު ތާރީޚުތަކަކީ ނޮވެމްބަރު 25 އަދި 28، ޑިސެމްބަރު 2، 5، 9، 12، 16، 19، 21 އަދި ޖެނުއަރީ 6، މިދުވަސްތަކެވެ.

ނޮވެމްބަރު އަދި ޑިސެމްބަރު މަހުގައި ތާވަލްވެފައިވާ 9 ފްލައިޓުގެ ތެރެއިން ބަދަލުވެފައިވާ ގަޑިތަކަކީ ކޮލޮމްބޯއިން ފުރުން ދަންވަރު 01:00 އަދި ގަމަށް ޖެއްސުން 02:20، ގަމުން ފުރުން މެންދަމު 03:20 އަދި ކޮލޮމްބޯއަށް ޖެއްސުން 05:40 އެވެ.

ޖެނުއަރީ 6 ވަނަ ދުވަހުގެ އޮތް ފްލައިޓުގެ ދަތުރުގެ ވަގުތު ބަދަލުވެފައިވަނީ ކޮލޮމްބޯ އިން ފުރުން މެންދުރު 13:00 އަދި ގަމަށް ޖެއްސުން 14:20، ގަމުން ފުރުން މެންދުރު ފަހު 15:10 އަދި ކޮލޮމްބޯއަށް ޖެއްސުން 17:30، މި ގަޑިތަކަށެވެ.

މީގެ އިތުރުން ނޮވެމްބަރު 22 އަދި ޖެނުއަރީ 10 އަށް ވަނީ އިތުރު ފްލައިޓުތައް ބޭއްވުމަށް ވެސް ހަމަޖެހިފައެވެ. މި ދުވަސްތަކުގައި ފުރުމުގެ ވަގުތު ހަމަޖެހިފައިވަނީ ނޮވެމްބަރު 22 ވަނަ ދުވަހު އޮތް ފްލައިޓުގައި ކޮލޮމްބޯ އިން ފުރުން ދަންވަރު 01:00 އަދި ގަމަށް ޖެއްސުން 02:20، ގަމުން ފުރުން ދަންވަރު 03:20 އަދި ކޮލޮމްބޯއަށް ޖެއްސުން 05:40 އަށެވެ. ނޮވެމްބަރު 22 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ފްލައިޓަކީ ޓްރިވެންޑްރަމް އަދި ކޮޗިންއަށް ދަތުރުކުރައްވާ ފަރާތްތަަކަށް ވަގުތުން ފުރޭނެ ދަތުރުތަކެވެ. އަދި ޖެނުއަރީ 6 ވަނަ ދުވަހު އޮތް ފްލައިޓަކީ ވެސް ހަމަ މިގޮތަށް ވަގުތުން ޓްރިވެންޑްރަމާއި ކޮޗިންއަށް ފުރޭނެ ގޮތަށް އިންތިޒާމް ކުރެވިފައިވާ ދަތުރުތަކެވެ.

ޖެނުއަރީ 10 ވަނަ ދުވަހު އޮތް ފްލައިޓުގެ ދަތުރުގެ ވަގުތުތަކަކީ ކޮލޮމްބޯ އިން ފުރުން މެންދުރު 13:00 އަދި ގަމަށް ޖެއްސުން 14:20، ގަމުން ފުރުން 15:10 އަދި ކޮލޮމްބޯ އަށް ޖެއްސުން 17:30 އެވެ.