Last Updated: July 26, 06:13
Sunday, July 26, 2026
މުނިފޫހިފިލުވުން

"ސަތިއަގްރަހާ" ގެ ޓްރެއިލާ ލޯންޗްކޮށްފި

މި އަހަރުގެ އުންމީދީ ފިލްމްތަކުގެ ތެރޭގައި ހިމެނޭ ބޮޑު ކާސްޓެއް ހިމެނޭ "ސަތިއަގްރަހާ" ގެ ޓްރެއިލާ ލޯންޗްކޮށްފި އެވެ.

"ރާޖްނީތީ" އާއި "ޗަކްރަވިހޫ" ފަދަ ފިލްމުތައް ބެލުންތެރިންނާ ހަމައަށް ގެނެސް ދީފައިވާ ޕްރަކާޝް ޖާ ޑައިރެކްޓްކޮށްފައިވާ "ސަތިއަގްރަހާ" ގެ މުހިއްމު ރޯލްތައް ކުޅެފައި ވަނީ އަމީތާބް ބައްޗަން، އަޖޭ ދޭވްގަން، ކަރީނާ ކަޕޫރު، އަރުޖުން ރާމްޕާލް، އަމްރިތާ ރާއޯ އަދި މަނޯހް ބަޖްޕާއީ އެވެ.

އިޖުތިމާއީ އަދި ސިޔާސީ މައްސަލަތަކަށް ބިނާކޮށް ފިލްމް ހެދުމަށް މަޝްހޫރު ޖާގެ "ސަތިއަގްރަހާ" ގައި އަމިތާބް އަދާކޮށްފައިވާ ރޯލަކީ އިންޑިއާގައި ވަކި ހިއްޕާލާފައިވާ ކޮރަޕްޝަނާ ދެކޮޅަށް ފަހުގެ ތާރީހެއްގައި އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އަައްނާ ހަޒާރޭ އަށް ބިނާކޮށްފައިވާ ރޯލެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ނަމަވެސް ޖާ ވަނީ އެެކަމާ އިންކާރުކޮށްފަ އެވެ.

"ސަތިއަގްރަހާ" ސިނަމާތަކަށް އަންނީ އޮގަސްޓް މަހުގެ 23 ގަ އެވެ.