Last Updated: June 6, 11:50
Saturday, June 6, 2026
ޚަބަރު

އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސު ފަށައިފި

ޓީޗާސް ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތު: ފޮޓޯ - ރައީސް އޮފީސް

މިއަހަރުގެ އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް އައްޑޫ ސިޓީގެ ޝަރަފުއްދީން ސްކޫލުގައި މިއަދު ހެނދުނު ފަށައިފިއެވެ.

ކޮންފަރެންސް ޝަރަފްވެރި ކޮށްދެއްވުމަށް ވަޑައިގެންފައިވަނީ ދިވެހި ރާއްޖޭގެ ނައިބު ރައީސް، ފައިސަލް ނަސީމެވެ. ނައިބު ރައީސްގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރ އާއިޝަތު އަލީ އަދި އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ސޯދިގްވެސް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.

މިއަދާއި މާދަމާ ޝަރަފުއްދީން ސްކޫލުގައި ކޮންފަރެންސް ކުރިއަށްދާނެއެވެ. މި ކޮންފަރެންސްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ޓީޗަރުން ބައިވެރިވެ ކަރުދާސް ހުށައަޅާނެއެވެ. ކޮންފަރެންސްގައި އެންމެ ގިނަ ކަރުދާސް ހުށައެޅުމަށް ހަމަޖެހިފައިވަނީ އައްޑޫގެ ސްކޫލްތަކުންނެވެ.

މިފަހަރުގެ ކޮންފަރެންސުގައި ސިންގަޕޯ، ބްރެޒިލް، އިންޑިޔާ، ލަންކާ އަދި ޔޫކޭގެ ޓީޗަރުން ވެސް ބައިވެރިވާނެއެވެ.