Last Updated: June 6, 12:54
Saturday, June 6, 2026
ދުނިޔެ

އިރާން އިތުރަށް ވަރުގަދަވުމަށް ފުރުސަތެއް ނުދެވޭނެ: އެމެރިކާ

އިރާނުން ޖައްވީ ހޯދުންތަކުގެ ނަމުގައި ކުރަނީ މިސައިލް ޓެސްޓުކުރުމުގެ މަސައްކަތް ކަމަށާއި އެކަން ކުރުމަށް އެމެރިކާއިން ފުރުސަތެއް ނުދޭނެ ކަމަށް ސްޓޭޓް ސެކްރެޓަރީ މައިކް ޕޮމްޕެއޯ ވިދާޅުވެއްޖެއެވެ.

އެމެރިކާއިން ވަނީ އިރާނުން އެންމެ ފަހަކަށް ޓެސްޓުކުރި މިސައިލާއެކު އެގައުމުގެ ޖައްވީ އިދާރާއަށް ފިޔަވަޅު އަޅާފައެވެ. މިއީ އެމެރިކާއިން އިރާނުގެ ޖައްވާ އިދާރާއަށް ދަތިކުރުމުގެ ފިޔަވަޅު އެޅި ފުރަތަމަ ފަހަރެވެ.

އިރާނުން ޓެސްޓުކުރަން އުޅުނު މިސައިލް ވަނީ ކާމިޔާބު ނުކުރެވި ގޮވާފައެވެ. އަދި އެމެރިކާއިން ބުނެފައިވަނީ އިރާނުން ޓެސްޓުކުރީ ބެލިސްޓިކް މިސައިލެއް ކަމަށާއި އެކަން މިހާރު ވަނީ ކަށަވަރުކުރެވިފައި ކަމަށެވެ.