ސ. މީދޫގައި ހިންގަމުން އަންނަ އަސްރިއްޔާ ޕްރީ ސްކޫލްގެ ބިއްލޫރި ގަނޑެއް ތަޅާލައި މީދޫ ބަނދަރު މަތީގައި ހުންނަ ސަންސެޓް ރެސްޓޯރެންޓްގެ އަލަށް ހެދި ބައިގެ ދޮރުތަކަށް ބަޔަކު ގެއްލުން ދީފި އެވެ.
މީދޫން ވާހަކަ ދެއްކި މީހަކު ބުނީ ފާއިތުވި ދެ ރޭ މީދޫގެ ބައެއް ތަން ތަނަށް ގެއްލުން ދީފައިވާ ކަމަށެވެ. ނަމަވެސް އެކަން ކުރަނީ ކޮން ބައެއް ކަން އަދި ނޭގޭ ކަމަށެވެ.
މީދޫގައި ހުންނަ އަދާލަތު ޕާޓީގެ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލައި އެތަނުގައި ޖަހާފައި ހުރި ބޮޑު ސްކްރީންވެސް ބަޔަކު ވަނީ ހަލާކުކޮށްލާފަ އެވެ.
ރިއާސީ އިންތިހާބު ކައިރި ވަމުން އަންނަ ވަރަކަށް ސިޔާސީ ޕާޓީތަކުގެ ޖަގަހަތަކަށް ގެއްލުން ދިނުން އަބަދު ވެސް އިތުރުވެ އެވެ.