މިރޭ 11:00 އެހާކަށްހާ އިރު ސ. ހިތަދޫ ކުޑަކުދިންގެ ޕާކް ސަރަހައްދުން ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފައިވަނީ ސަންރައިޒް ސެކިއުރިޓީ ސާވިސްގައި މަސައްކަތް ކުރަމުން އަންނަ ބަންގުލަދޭޝްގެ ރައްޔިތެއްގެ ގަޔަށެވެ. އެ ބިދޭސީ މީހާއަކީ ސައިޑް ބިޒްގެ ވޮޗަރެއް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
އެހިސާބުން ވާހަކަ ދެއްކި މީހަކު ބުނީ ބިދޭސީ މީހާ ޑިއުޓީއަށް ދަނިކޮށް އޭނާގެ ފުރަގަހުން އައި ބަޔަކު އޭނާއަށް ހަމަލާ ދިނި ކަމަށެވެ.
މި މައްސަލާއި ގުޅިގެން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އިރު އަދި ވެސް އެ ހިސާބުގައި ފުލުހުން ހަކަކާތްތެރިވަމުން އެ ބަ ދެ އެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ ޒަހަމްވި މީހާ އަށް އިމަޖެންސީގައި ފަރުވާ ދޭން ފަށާފައިވާ ކަމަށެވެ. އަދި އޭނާ އަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ހޮސްޕިޓަލުން ބުނެ އެވެ.