Last Updated: June 6, 11:03
Saturday, June 6, 2026
ޚަބަރު

ސާއިދުގެ ބަދަލުގައި ވޯލްޑް ޗެމްޕިއަންޝިޕަށް ހިމްނާ!

ހިމްނާ، ޖަޕާނުގެ ގިފޫގައި، 400 މީތަރ ދުވުމުގެ ގައުމީ އާ ރިކޯޑެއް ވަނީ ހަދާފައި

ގައުމީ ރެކޯޑު ހޯލްޑަރ ހަސަން ސާއިދު މިފަހަރު ވޯލްޑް ޗެމްޕިއަންޝިޕުގައި ވާދަނުކުރަން ނިންމުމުން އެތްލެޓިކް އެސޯސިއޭޝަނުން އައްޑޫގެ އުއްމީދީ ދުވުންތެރިޔާ، އާއިޝަތު ހިމްނާ ހަސަން އެމުބާރާތަށް ފޮނުވަން ނިންމައިފިއެވެ.

ހިމްނާ ވަނީ ނިމިގެން ދިޔަ ގައުމީ މުބާރާތުގައި ވެސް އުމުރުފުރާއިން އެއްވަނަ ހޯދާފައެވެ. އަދި މިވަގުތު ރާއްޖޭގައި ހުރި އެންމެ އުއްމީދީ ދުވުންތެރިޔަކީ ހިމްނާއެވެ.

ވޯލްޑް ޗެމްޕިއަންޝިޕަށް ނުދާން ސާއިދު ނިންމީ ސައުތް އޭޝިއަން ގޭމްސްއަށް ފުރިހަމައަށް ތައްޔާރުވާން ބޭނުންވާތީއެވެ. ސާއިދު ބުނީ މިމުބާރާތުގައި ބައިވެރިވެއްޖެނަމަ ދެ ހަފްތާގެ ފަރިތަކުރުން ގެއްލޭނެ ކަމަށާއި އެ ފަރިތަކުރުންތައް އޭނާއަށް ވަރަށް މުހިންމު ކަމަށެވެ.

އޮލިމޕިކް ކޮމިޓީން ވެސް ވަނީ ސާއިދުގެ ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ބުނެ އެ ނިންމުން ބަލައިގެންފައެވެ. ސައުތު އޭޝިއަން ގޭމްސްގައި ސާއިދު އަމާޒުކުރަނީ 100 މީޓަރު އަދި 200 މީޓަރުން މެޑެއްޔެކެވެ.