Last Updated: June 6, 11:03
Saturday, June 6, 2026
ޚަބަރު

ޖަމީލަށް ފިޔަވަޅު އަޅަން ހުށައަޅައިފި

ޖުމުހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާޙިމްގެ އެޑްވައިޒަރަކަށް ހުންނަވައި އިދިކޮޅު ޕާޓީތަކާއެކު މިދިޔަ ހަފްތާގައި ކެމްޕޭން ދަތުރެއް ފެއްޓެވި ކުރިގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލާ މެދު ފިޔަވަޅު އެޅުމަށް އެޕާޓީގެ ކައުންސިލް މެމްބަރު މުހައްމަދު ސައީދު މިއަދު ހުށައަޅައިފިއެވެ.

ގާސިމް އިބްރާހިމަށް ސައީދު މިއަދު ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ޑރ. ޖަމީލްގެ އަމަލުތަކަކީ ޕާޓީގެ އަސާސީ ގަވާއިދުގެ 66 ވަނަ މާއްދާގެ ށ، ނ، އަދި ރ އާއި ޚިލާފު އަމަލުތަކަށް ވާތީ އެމައްސަލަ ބަލައި އެޑްވައިޒަރުގެ މަގާމުން ވަކިކުރުމަށް އެދިފައިވެއެވެ.

ޑރ. ޖަމީލް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު އދ. އަތޮޅަށް ޕީޕީއެމުން ކުރެއްވި ކެމްޕޭނު ދަތުރެއްގައި ބައިވެރިވެފައެވެ. އަދި ކެމްޕޭނު ޖަލްސާއެއްގައި ޕީޕީއެމް ވެރިކަމަށް އަންނަ ޖެހޭ ކަމަށް ވިދާޅުވެ ކައުންސިލް އިންތިޚާބަކީ ސަރުކާރަށް ދެވޭނެ އެންމެ ފަހު ފުރުސަތު ކަމަށް ވިދާޅުވެފައެވެ.

ޖަމީލް ވަނީ އޭނާގެ ފިކުރަކީ އެމްޑީޕީ ފިކުރާއި ދެކޮޅު ފިކުރު ކަމަށާއި ކައިރި ވަނީ ޕީޕީއެމް ފިކުރަށް ކަމަށާއި އެޕާޓީ އަލުން ވަރުގަދަ ކުރުމަށް އެހީތެރިވާނެ ކަމަށް ވިދާޅުވެފައެވެ.