Last Updated: June 8, 20:40
Monday, June 8, 2026
ޚަބަރު

ލަސްތަކެއް ނުވެ މައްސަލަ ހައްލުކޮށް އައްޑޫގެ ރަށްތަކަށް ކަރަންޓު ދެވޭނެ: ފެނަކަ

އައްޑޫގެ ޕަވާ ޑިސްޓިރިބިއުޝަން އަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށް ލަސްތަކެއް ނުވެ އައްޑޫގެ ރަށްތަކަށް ހިދްމަތް އިޔާދަ ކުރެވޭނެކަމަށް ފެނަކަ ކޯޕަރޭޝަންއިން ބުނެފިއެވެ.

ފެނަކަ ކޯޕަރޭޝަންއިން މީގެ އިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައްޑޫގެ ޕަވާ ޑިސްޓިބިއުޝަންއަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލު ކުރުމަށް ކުންފުނީގެ މުވައްޒަފުން ކެނޑިނޭޅި މަސައްކަތް ކުރަމުން އަަންނަ ކަމަށާއި ލަސްތަކެއް ނުވެ ހިދްމަތް އިޔާދަ ކުރެވޭނެކަމަށެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުން މިއަދު ކަރަންޓު ކެނޑުނީ ހަވީރު 5 ޖަހާކަށް ހާއިރުއެވެ. އޭގެ ފަހުން އެކި ފަހަރުމަތިން ކަރަންޓު ދިނުމުންވެސް އިރުކޮޅެއް ފަހުން ކަރަންޓު ކެނޑެއެވެ. އެހެންވެ އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދިޔަ އިރު ރައްޔިތުންނަށް ހަގީގީ މައުލޫމާތު ހިއްސާ ނުކުރާތީ ރައްޔިތުން އެތައް ޝަކުވާއެެއް ވަނީ ކޮށްފައެެވެ.