އަންނަ މަހުގެ އެއް ވަނަ ދުވަހު އައްޑޫގައި ފްރެންޗް ބަސް ދަސްކޮށްދޭ ކޯހެއް ފަށަން ނިންމައި، އެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މިދިޔަ ހަފުތާގެ ތެރޭގައި ހުޅުމީދޫގައި ހުޅުވި ލޯ ފެކަލްޓީގައި ބާއްވާ މި ކޯހަކީ ޑިވެލޮޕް އައްޑޫ އާއި މޯލްޑިވްސް ލޯ އިންސްޓިޓިއުޓް ގުޅިގެން ހިންގާ ކޯހެކެވެ.
އެގޮތުން އަންނަ މަހުގެ 1 ވަނަ ދުވަހު ފަށާ ކޯހުން ފުރުސަތު ދޭން ހަމަޖެހިފައި ވަނީ 25 ފަރާތަކަަށެވެ. ކޯހުގެ ފީގެ އަގަކީ 500ރ. އެވެ.
ކޯހާ ބެހޭ އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން 7537526 އަށް ގުޅުމުން ވެސް ލިބޭނެ އެވެ. އަދި ކޯހާ ބެހޭ އިތުރު މައުލޫމާތު www.facebook.com/hmfrenchclass ލިންކުން ވެސް ލިބޭނެ އެވެ.