Last Updated: March 29, 17:30
Friday, March 29, 2024
ޚަބަރު

ސައިރިކްސް އިން ހުޅުމީދޫގައި ޝްރިމްޕް ފާމެއް ތަރައްގީކުރަނީ

hand with Giant Freshwater Prawn (Macrobrachium rosenbergii) on shrimp farm

ސައިރިކްސް ކޮލެޖުން ތައިލޭންޑުގެ ޔުނިވާސިޓީއަކުން ހަދާފައިވާ ޝްރިމްޕް ފާމް މޮޑެލްއެއް އަސްލަކަށް ބަލައިގެން އައްޑޫ ސިޓީ ހުޅުމީދޫގައި އޭގެ ދަނޑެއް ތަރައްގީ ކުރަން ނިންމައިފިއެވެ.

އެ ކޮލެޖުން ބުނެފައިވަނީ މިމަސައްކަތް ފެށުމަށް މިމަހު ތެރޭ ތައިލެންޑު ޔުނިވާސިޓީއެއްގެ ޓީމެއް އައްޑުއަށް އަންނާނެ ކަމަށެވެ. އަދި މި ދަނޑު ތަރައްގީ ކުރާނީ ހުޅުމީދޫގެ ޖަމިއްޔާތަކާ ގުޅިގެން ކަމަށާއި ދިރާސާގެ ހުރިހާ ޚަރަދެއް ހިނގާނީ ކޮލެޖުގެ ސީއެސްއާރުން ކަމަށް ސައިރިކްސްގެ ޗެއާމަން އަހުމަދު ޝަރީފް ވިދާޅުވެފައިވެއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ މިއީ ތައިލޭންޑުގެ އަވަށްތަކުގައި ވެސް ވަރަށް ކާމިޔާބުކަމާއެކު ކުރާ ކަމެއް ކަމަށާއި މިކަމުގެ ސަބަބުން ރާއްޖޭގައި ފުޅާވަމުންދާ ފަތުރުވެރިކަމުގެ ސިނާއަތުން ބޮޑެތި އާމްދަނީއެއް ހޯދިދާނެ ކަމަށެވެ.

ޝްރިމްޕް ނުވަތަ ޑިނގާއަކީ ދިވެހިންނަށް ވެސް ވަރަށް ކަމުދާ ބާވަތެކެވެ. ނަމަވެސް ރާއްޖެއަށް ޑިނގާ ގިނައިން އެތެރެކުރަނީ ބޭރުގެ ގައުމުތަކުންނެވެ.

ހުޅުމީދޫގައި ސައިރިކްސް ކޮލެޖުން ތަރައްގީ ކުރާ ފާމް ހެދުމަށް މިހާރު ވިސްނާފައިވަނީ އެރަށު ކުޅިއެވެ. ކުޅީގައި އެ އާލާ ކުރެވޭތޯ ތައިލެންޑް ޔުނިވާސިޓީ ޓީމުން ދިރާސާ ކުރާނެއެވެ.