Last Updated: June 6, 09:55
Saturday, June 6, 2026
ޚަބަރު

ހައި ސްކޫލުގައި މަލްޓިޕާޕަސް ހޯލެއް އަޅަނީ

އައްޑޫ ސިޓީގައި މަތީ ސާނަވީއަށް އެންމެ ގިނަ އަދަދަކަށް ދަރިވަރުން އުނގެނޭ ސްކޫލް، އައްޑޫ ހައި ސްކޫލުގައި ދެބުރީގެ މަލްޓި ޕާޕަސް ހޯލެއް އެޅުމަށް ސަރުކާރުން ހަވާލުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އިއުލާންކުރި ގޮތުގައި ޓެންޑަ ބޯޑުން މިމަސައްކަތް ހަވާލުކުރީ 8 މިލިއަން ރުފިޔާގެ އަގަކަށް އިނޯކާ ޕްރައިވެޓް ލިމިޓެޑާއެވެ. މަސައްކަތް ނިންމުމަށް އިނޯކާއަށް ވަނީ 210 ދުވަސް ދީފައެވެ.

އައްޑޫ ހައި ސްކޫލްގައި މަތީ ސާނަވީއަށް ކިޔަވައިދޭން ފަށާފައިވަނީ 2011 ވަނަ އަހަރުގައެވެ. އެއަށްފަހު ކޮންމެ އަހަރަކުވެސް ސްކޫލަށް ކިޔަވަން ވަންނަ ކުދިންގެ އަދަދު އިތުރުވެފައިވާއިރު ހޯލެއްގެ މުހިންމުކަން ސްކޫލަށް އިންތިހާއަށް ބޮޑެވެ.

ފާއިތުވެދިޔަ އަހަރުތަކުގައި އައްޑޫ ހައިސްކޫލުގެ ބޮޑެތި ހަފްލާތައް ސްކޫލުގައި ހޯލެއް ނެތުމުގެ ސަބަބުން އެހެން ސްކޫލްތަކުގައި ވަނީ ބާއްވާފައެވެ.