Last Updated: April 19, 21:23
Friday, April 19, 2024
ޚަބަރު

50 މީހުން ރަޖިސްޓްރީ ކުރާ ރިސޯޓުތަކުގައި ވޯޓު ފޮށި ބަހައްޓަން ނިންމައިފި

ލޯކަލް ކައުންސިލް އިންތިޚާބް 2020 ގައި 50 މީހުން ރަޖިސްޓްރީ ކުރާ ރިސޯޓުތަކުގައި ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިކަން ހާމަކޮށްފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ޓްވީޓްގައި ބުނެފައިވާ ގޮތުގައި ރިސޯޓްތަކުގެ އިތުރުން 150 މީހުން ރަޖިސްޓްރީކުރާ ބޭރު ގައުމުތަކުގައި ވެސް ވޯޓު ފޮށި ބަހައްޓާނެއެވެ. އަދި މީގެ އިތުރުން 25 މީހުން ރަޖިސްޓްރީކުރާ ޖަލުތަކުގައި ވެސް ވޯޓު ފޮށިތައް ބެހެއްޓުމަށް ނިންމަވާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކުރައްވާފައެވެ.

https://platform.twitter.com/widgets.js

ލޯކަލް ކައުންސިލް އިންތިޚާބު އަންނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ނިންމާފައެވެ. ޕާޓީތަކުން ވަނީ އިންތިޚާބުގައި ނެރޭނެ ކެންޑިޑޭޓުން ހޯދުމުގެ މަސައްކަތް ފަށާފައެވެ. އެހެން ކައުންސިލް އިންތިޚާބު ތަކެކޭ ވެސް އެއްފަދައިން މި އިންތިޚާބަކީ ވެސް ވަރަށް ވާދަވެރި އިންތިޚާބަކަށް ވެގެންދާނެ ކަމަށް ބެލެވެއެވެ.