ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްޒޭޝަން ޔަޒީދު މުހައްމަދުގެ މަގާމު ގެއްލޭ ގޮތަށް ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް ސަރުކާރުން ގެނެސްފައިވާ އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ތަސްދީގު ކުރައްވައިފިއެވެ.
މި އިސްލާހު މަޖިލީހުން ފާސްކުރީ މި މަހުގެ ތިންވަނަ ދުވަހުއެވެ. އެ އިސްލާހު ފާސްކުރީ 59 މެންބަރުންގެ ވޯޓުންނެވެ.
އެ ބިލުގައި މިހާރު ބުނެފައިވާ ގޮތުން ބިލު ގާނޫނަކަށްވެ އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަން އާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މަގާމަށް އަލުން މީހަކު އައްޔަން ކުރަން ޖެހޭނެ ކަމަށެވެ.
އެހެންކަމުން ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދާއި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރުގެ މަގާމު ގެއްލޭނެއެވެ.
މީގެއިތުރުން އެ މުއްދަތުގެ ތެރޭގައި މީރާގެ ބޯޑު އަލުން އެކުލަވައިލަން ޖެހެނޭ ކަމަށްވެސް އެ ބިލުގައި ވަނީ ބުނެފައިވެއެވެ. އެ މަގާމުތަކަށް މީހުން އައްޔަން ކުރެވޭނީ މަޖިލީހުގެ ރުހުމާއެކުއެވެ.