Last Updated: June 6, 09:55
Saturday, June 6, 2026
ޚަބަރު

ހީކުރި ވަރަށްވުރެ ގިނަ މީހުން އައިސްފި: ޕީއެންސީ

ޕީޕީއެމް ބާއްވާ "ދަވާލި" ޖަލްސާ

މިރޭ ޕީޕީއެމުން ބާއްވަމުންދާ "ދަވާލައިފި" ޖަލްސާއަށް ހީކުރި ވަރަށް ވުރެވެސް ގިނަ މީހުން އައިސްފައިވާ ކަމަށް ޕީޕީއެމް އިން ބުނެފިއެވެ.
https://twitter.com/Azhartu/status/1172180092019019776
ކުރީގެ ރައީސް ޔާމީންވެސް ބައިވެރިވެވަޑައިގަންނަވާ މިޖަލްސާގައި ސަރުކާރަށް ވަރަށް ބޮޑަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އިސް ބޭފުޅުން ފާޑުވިދާޅުވަމުން އަންނައިރު މިޖަލްސާއަކީ ސަރުކާރު ޖަވާބުދާރީ ކުރުމަށް އިދިކޮޅުން ކުރާ މަސައްކަތުގެ ތެރެއިން ބާއްވާ ޖަލްސާއެއް ކަމަށް އެޕާޓިން ބުނެއެވެ.

ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެފައިވަނީ އިދިކޮޅުން ކުރާ މަސައްކަތުން ސަރުކާރު ޖަވާބުދާރީ ކުރެވޭ ކަމަށާއި ކަންކަން ރަނގަޅު ނުވާކަމަށްވާ ނަމަ މަގުމައްޗަށް ނިކުމެ މުޒާހަރާވެސް ކުރަން ޖެހިދާނެ ކަމަށެވެ.

ސަރުކާރުން ކުރަން އުޅޭ މަސައްކަތަކީ ޔަހޫދީ ގައުމުތަކުގައި ގެންގުޅޭ ސެކިއުލާ ފިކުރު ރާއްޖެއަށް ގެންނަން ކަމަށާއި އިދިކޮޅުން އެކަމަށް ފުރުސަތު ނުދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.