Last Updated: March 29, 16:45
Friday, March 29, 2024
ޚަބަރު

ސީޕީ ހަމީދަށް މަގާމު ދިނީ ގޭތެރެއިން: ޔާމީން

ޕޮލިސް މުހައްމަދު ހަމީދަށް މަގާމު ދިނީ ގޭތެރެއިން ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ކަމިޝްނާ އޮފް ޕޮލިސް ހަމީދަށް ފާޑު ވިދާޅުވެއްޖެއެވެ.

ޕީޕީއެމް/ޕީއެންސީއިން އިންތިޒާމްކޮށްގެން ބާއްވާ "ދަވާލި" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ކަމިޝްނާ އޮފް ޕޮލިސް މަގާމަކީ ގޭތެރެއިން ދީފައިވާ މަގާމެއް ކަމަށެވެ.

އެމްސީ އަކީ ޕްރޮފެޝަނަލް ކޮށް މަގާމު ލިބުނު ބޭފުޅެއް ނޫން ކަމަށާއި އެއީ ގޭތެރެއިން ވަޒީފާ ހަމަޖެހިގެން މަގާމަށް ނިކުންނެވި ބޭފުޅެއް ކަމަށް ޔާމީން ވިދާޅުވިއެވެ. އެމްސީ ހަމީދަކީ ރައީސް ސޯލިހްގެ އަނބިކަނބަލުން ފަޒްނާގެ ކޮއްކޮގެ ފިރިކަލުންނެވެ.

އެހެންކަމުން ފުލުހުންގެ މުއައްސަސާއަކީ މިހާރު ޕްރޮފެޝަނަލް މުއައްސަސާއެއް ނޫން ކަމަށާއި ސިޔާސީ ނުފޫޒު ވަދެފައި އޮތް ތަނަކަށް ވާއިރު އެ މުއައްސަސާއަށް އިތުރު ބާރުތަކެއް ދިނުމަކީ ކުރަން ރަނގަޅު ނޫންކަމެއް ކަމަށް ޔާމީން ވިދާޅުވިއެވެ.